ޚަބަރު

ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މީހަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަށްޓަކައި އެ މީހާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފިއެވެ.

Ads by STELCO

މި މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ ދަޑިމަގު/ ބޭރެފީށި، މުހައްމަދު އަންސާމް އިބްރާހީމް (23އ) އެވެ.

އަންސާމް ހޯދަމުންދަނީ ފުލުހުން ބުނި ގޮތުގައި، ހުޅުމާލޭގައި 21 މެއި 2023ގެ ވަގުތެއްގައި ބަޔަކު ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށެވެ.

ފުލުހުން ވަނީ އަންސާމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 3035335 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!