ޖޭޕީގެ ރިޔާސީ ޓިކެޓް އަރުވާ ޖަލްސާގައި 4000 މީހުން ބައިވެރިވާނެ: ރިޔާޒު

ޖުމްހޫރީ ޕާޓީ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް އެރުވާ ޖަލްސާގައި 4000 މީހުން ބައިވެރިވާނެ ކަމަށް ވިލުުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
އެ ޕާޓީގެ ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިޔާތާއި ގުޅޭ ގޮތުން މިއަދު ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރިޔާޒު ވިދާޅުވީ މި ޖަލްސާވެގެންދާނީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ޖަލްސާއަށް ކަމަށެވެ.
“މި ޖަލްސާގަ ގާތްގަޑަކަށް 4000 މީހުން ބައިވެރިވާނެ. އަޅުގަނޑުމެންނަށް މިހާތަނަށް ލިބުނު މަައުލޫމާތު ލިބޭ ގޮތުގަ. އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް. އަދި މީސުން ކަންތައްތައް ހުންނަ ގޮތުންވެސް މަދުވުމަކީ އެކަށީގެންވާ ކަމެއް” ރިޔާޒު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ޤާސިމް ވާދަކުރައްވާއިރު އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ 20:30 ގައި ކާނިވަލް ސަރަހައްދުގައެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙްއެވެ. މީގެއިތުރުން އެމްއެންޕީގެ ޓިކެޓުގައި އެޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އިންތިހާބުގައި ވާދަކުރައްވާއިރު އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.