އިންތިގެ ރައްދު އަސްލަމްއަށް: ގަވާއިދު އޮތީ ހަމަ ސީދާ މަރުތަޅުއެޅޭ ގޮތަށް!

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އޮތީ މަސައްކަތްތައް ހުއްޓި މަޖިލިސް ޑެޑްލޮކަށް ދާ ގޮތަކަށް ނޫން ކަމަށާއި މަޖިލިސް އަދިވެސް ކުރިޔަށް ގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރައްދު ދެއްވައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރުން އެއްފަހަރާ ހުށަހެޅީ މަޖިލިސް ޑެޑްލޮކަކަށް ގެންގޮސް އެ ބާރު ހުއްޓުވާލާފައި ބޭއްވުމަށް ކަމަށް އީވާ ވިދާޅުވުމާއި ގުޅިގެން އަސްލަމް ވިދާޅުވީ މަޖިލިސް ޑެޑްލޮކަކަށް ގެންދަން ބޭނުން ނުވާ ކަމަށާއި އަންނަ ހޯމަ ދުވަހުގެ ޖަލްސާ ގަވައިދާ އެއްގޮތަށް ބޭއްވޭނެ ކަމަށެވެ.
”އަޅުގަނޑު އެގޮތަށް ދެކުނަސް ގަވައިދުގައި ބުނާ ގޮތުން ރިޔާސަތުގައި އިނދެވޭނެ. ހުރަހެއް ނެތް” އަސްލަމް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަސްލަމް އެހެން ވިދާޅުވިޔަސް ގަވާއިދު އޮތީ މަރުތަޅުއެޅޭ ގޮތަށް ކަމަށެވެ.
ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސްއެެވެ. އެ ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަރަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސްއެވެ.







ކޮމެންޓް