ޚަބަރު

މަގުމަތިން އިދިކޮޅު ސަޕޯޓަރުން އިޔާޒްއާ ދިމާކޮށް, ކާފަރަށް ގޮވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު އިދިކޮޅު ޕީޕީއެމް-ޕީއެންސީން ކުރިއަށްގެންދިޔަ އެއްވުމުގައި ބައިވެރިވި ފަރާތްތަކުން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ މުޙައްމަދު ޢިޔާޒު ޢަބްދުއްލަތީފްއާ މަގުމަތިން ދިމާކޮށްލައިފިއެވެ.

Ads by MWSC

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިލޭސާބަކަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އިޔާޒަށް ފުރައްސާރަކޮށް، ދިމާކޮށްލީ މަޖިލީދީމަގު، ސޯޝަލް ސެންޓަރު ކައިރިންނެވެ.

އެއްވުމުގެ ބައިވެރިވިން ތިބި ސަރަހައްދުން ސައިކަލުގައި އިޔާޒު ދަނިކޮށް އޭނާ އަށް ހުރަސްއަޅަން މަސައްކަތް ކުރީ އިދިކޮޅަށް ނިސްބަތްވާ އަންހެނުން ސަޕޯޓަރުން ތަކެކެވެ. އެގޮތުން އިޔާޒުގެ ސައިކަލުގެ ފަހަތުން އެމީހުން ދުވެފައިވާއިރު ހަޑި ހުތުރު އެއްޗެހި ވެސް އިޔާޒްއާ ދިމާލަށް ކިޔާފައިވެ އެވެ. އިޔާޒު ވަނީ ބާރު ސްޕީޑެއްގައި އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

އިޔާޒަކީ ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާ ބޭފުޅެކެވެ.

Ads by HDC
  1. ދިވެހި މުސްކުޅިން

    މުޅި ޕީޕީ އެމް ފޭލްވެއްޖެ