ޚަބަރު

ހަނގާކޮށް އުނދަގޫ ކުރާ މީހުން ބްލޮކް ކުރާނަން: ރޮޒައިނާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސޯޝަލް މީޑިއާ މެދުވެރިކޮށް އެކި ގޮތްގޮތަށް ފުރައްސާރަ ކުރަން ޖާގަ ނުދެއްވާނެ ކަމަށާއި އެކަން ކުރާ މީހުން ބްލޮކްކުރާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޮޒައިނާ ވިދާޅުވީ މިހާރަކަށް އައިސް ގިނަ މީހުން ސޯޝަލް މީޑިއާ ބޭނުން ކުރައްވާތަން ފެންނަނީ މީހުންނާ ދިމާލަށް ހަޑިހުތުރުބަހުން މުއާމަލާތްކޮށް، ހަނގާކޮށް، ފުރައްސާރަ ކުރަން ކަމަށެވެ. އަދި ފޭސްބުކްފަދަ މީޑިއާތަކަކީ އޭގެ ރަނގަޅު ގޮތުގައި ބޭނުން ކުރުމުން މީހުންނަށް އަވަހަށް މައުލޫމާތު ފޯރު ކޮއްދެވޭ މުހިންމު ވަސީލަތެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އޭގެ ބަދަލުގައި މީހުންނަށް ފުރައްސާރަ ކޮށް، ޖެއްސުންކޮށް، ހަނގާ ކުރުމަށް ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ސަބަބުން މީހުންނަށް ނަފްސާނީ ގޮތުން، އަދި ޖިސްމާނީ ގޮތުންވެސް ގެއްލުން ލިބިފައި އެބަހުރި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

“އަޅުގަނޑުގެ ޕޭޖްގައި ބިނާކުރަނެވި ފާޑުކިއުން ބަލައިގަނެވޭނެ. އަދި ރީތި ބަހުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަވެސް ބަލައިގަނެވޭނެ” ރޮޒައިނާ ވިދާޅުވިއެވެ.

ނަމަވެސް ހުތުރު ބަހުން މުއާމަލާތްކޮށް، ފުރައްސާރަކޮށް ހަނގާ ކުރާ ފަރާތްތައް ބްލޮކް ކުރެވޭނެ ކަމަށާއި އެފަދަ އަމަލު ތަކަކީ ބަލައިގަނެ، އަޑުއަހާ، އެންޓަޓެއިން ކުރަންޖެހޭ ކަންކަން ކަމުގައި ނުދެކޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

  1. އާއްޓޭ

    ހަޖަމް ނުވަނީ ދޯ ކަމަނާއަށް