Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ އަފީފް، ރައީސް ޞާލިޙާއި ބައްދަލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ އަފީފް، ރައީސް ޞާލިޙާއި ބައްދަލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމާ ދެކޮޅު ހައްދަވާތީ، މަޖިލީހުގެ ރިޔާސަތުގައި މިވަގުތު އިންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މިއަދު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ބައްދަލު ކުރައްވައިފިއެވެ.

އަފީފް ރައީސް އޮފީހަށް ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަފީފު ރައީސް އޮފީހަށް ވަޑައިގެންނެވީ މިއަދު މެންދުރު  12:30 އެހާއިރުއެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުން މިއުވާން ވިދާޅުވެފައިވަނީ, ރައީސް ޞާލިޙް, އަފީފްއާ މިއަދު ބައްދަލުކުރެއްވީ އަފީފްގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ މަޖިލީހުގެ މަސައްކަތްތައް ހިނގައި ނުގަނެ ހުއްޓިފައި ވާތީ އެކަމާ މެދު ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

Advertisement
Allied — Dhen Online (box)

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް