ޙައްޖަށްދާ ފަރާތްތަކުގެ އަތުން ޓެކްސީތަކުން ބޮޑު އަގު ނަގަނީ
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް އެއަރޕޯޓަށްދާ ފަރާތްތަކުގެ އަތުން ޓެކްސީތަކުން ބޮޑު އަގު ނަގަން ފަށައިފިއެވެ. ދަތުރަކުން އިތުރަށް 30 ރުފިޔާ ނަގާ ކަމަށް ވަނީ އިނގިފައެވެ.
މާލެއިން ހުޅުލެއަށް މިހާރު ޓެކްސީގެ އަގު އުޅެނީ 85-100އާ ދެމެދުގައެވެ. ޓްރާންސްޕޯޓް ޤަވާއިދުގައިވާ ގޮތުން މިދަތުރު ކުރެެވޭނީ 70 ރުފިޔާއަށެވެ. ކުރިން 60އަށް ކުރަމުންދިޔަ ދަތުރުގެ އަގު ބޮޑު ކުރީ ޕެޓްރޯލްގެ އަގު ބޮޑުވުމާއި ގުޅިގެން މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ. މިހާރު ތެލުގެ އަގު ކުރިޔަށްވުރެ ހެޔޮވި ނަމަވެސް ޓެކްސީގެ އަގު ކުޑަކޮށްފައެއް ނުވެއެވެ.
މިއަދު ދަތުުރުކުރި ޓެކްސީ ޑްރައިވަރަކު ބުނީ އަގު ބޮޑު ކުރަން ނިންމާފައިވަނީ ޓެކްސީ ކުންފުނިން ކަމަށެވެ. އަދި މެންދުރު 12ގެ ފަހުގެ ދަތުރުތަކުގެ އަގު ވެސް ބޮޑުވާނެ ކަމަށާއި, ލަގެޖަށް ވެސް އިތުރަށް ނަގާނެ ކަމަށް ޓެކްސީ ޑްރައިވަރު ބުންޏެވެ. ނަމަވެސް ކުންފުނީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ޙައްޖު ކޯޕަރޭޝަނުން ވަނީ ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވާ ފަރާތްތަކަށާއި, އެ ފަރާތްތަކުގެ އާއިލާތަކަށް ބަހުގައި އެއަޕޯޓަށް ދެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދަނީ އަމިއްލަ ޓެކްސީތަކުގައި ދަތުރު ކުރަމުންނެވެ.
ތިގޮތްބަރާބަރު ސަރުކާރުން އެއޮތީ ހިލޭ ދަތުރު ހަމަޖައްސާފާ.އަގުބޮޑު ނުވާނެ ބަހުގަދޭ