މާލޭގައި މިރޭ ވެސް ހަވާ އަރުވާނެ

ވެރިރަށް މާލޭގައި މިރޭވެސް ކުޑަ ވަގުތުކޮޅަކަށް ހަވާ އަރުވާނެ ކަަމަށް ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މިދިޔަ ތިން ރޭ ވެސް ކުޑަވަގުތުކޮޅަކަށް ހަވާ އަރުވައިފައިވާއިރު، ސިފައިން މަޢުލޫމާތު ދެއްވާ ގޮތުގައި މިރޭ ވެސް 10 ސިކުންތަށް ހަވާ އަރުވާނެއެވެ.
ހަވާ އަރުވާނީ 10:00 އާއި 11:30 އާ ދެމެދުގެ ވަގުތެއްގައެވެ.
ތިޔަ ހަވާތައް އަރުވާތަން މިހާރު ބެލިދާނެ! ބޭކާރު އެތަށް ޚަރަދެއް ކުރެވިދާނެ! އެކަމުން ވަގުތުކޮޅަކަށް އުފާލިބިދާނެ! އެކަމަކު އިމާރާތްތަކާ ފަރުބަދަތައް އަދި އެންމެހާ މީސްތަކުން ހަވަޔަށް އަރައިގެންދާ ދުވަހުގެ ބިރުވެރިކަމާ! އެދުވަސް އަންނާނެކަމާމެދު އެއްވެސް ޝައްކެއް ނެތް!
ކޮންމެ ރެއަކު ބިރު ގަންނަނީ، އަދި ކިރިޔާ މި އިނގުނީ ހަވާ އަރުވަނީކަން، މީ ދެން ކޮން ޖެއްސުމެކޯ
ހަވާ އަރުވާ ނާޗަރަންގީ ކުޅުނީމަ ސުވަރުގެއަށް ދެވޭނެ ވިއްޔާ….