ދުނިޔެ

ޓައިޓޭނިކް ބަލަންދިޔަ ސަބްމެރިން ގެއްލުން: ގުޅުން ހުރި ކަމަށްބެލެވޭ އަޑުތަކެއް އިވިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ އާދިއްތަ ދުވަހު 5 ޓޫރިސްޓުން ގޮވައިގެން ޓައިޓޭނިކްގެ ބައިތައް ބަލަން އަޑިއަށް ދިޔަ ސަބްމެރިންގެ ހަބަރެއް ނުވެގެން ހޯދަމުން އަންނަނިކޮށް ސަބްމެރީންއާއި ގުޅުން ހުރެދާނެކަމަށް ބެލެވޭ އަޑުތަކެއް ކަނޑުގެ އަޑިން ރިކޯޑް ކުރެވިފައިވާކަމަށް ރެސްކިއުޓީމުން ބުނެފިއެވެ.

Ads by Sosun Fihaara

މި އަޑުތަކުގެ އަސްލަކީ ކޮބައިކަން އަދިވެސް ނޭނގުނު ނަމަވެސް ރެސްކިއު ޓީމުތަކުން ދަނީ އެ ސަރަހައްދު ބަލަމުންނެވެ. ކޯސްޓްގާޑުން ބުނީ ސާޗް އެންޑް ރެސްކިއު އަދިވެސް ދަނީ ފުޅާދާއިރާއެއްގައި ކުރިއަށް ކަމަށާއި ސަބްގައި ތިބި ފަސް މީހުން ހޯދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މި ސަބްމެރީން ހޯދުމަށްޓަކައި ސާފޭސް ސާޗް މިހާރު އެމެރިކާގެ ކަނެކްޓިކަޓް ސްޓޭޓަށް ވުރެ ދެގުނަ ބޮޑު އަދި ސަބް ސާފޭސް ސާޗް 2.5 މޭލު އަޑީއަށް ކުރަމުން އަންނަކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އޮފިޝަލުން އަންދާޒާ ކުރާގޮތުގައި ސަބްމެރީންގައި މިހާރު ބާކީ ހުންނާނީ 10 ގަޑިއިރު ބޭނުންކުރާނެ އޮކްސިޖަނެވެ. އެހެންކަމުން ރެސްކިއުޓީމުން ދަނީ އެޓީމަށް ލިބެމުންދާ އެންމެހާ ސިގްނަލްތަކާއި ހަބަރުތައް ވަރަށް ސީރިއަަސް ގޮތެއްގައި ބަލަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!