ޚަބަރު

ވިލުފުށީ ސްކޫލްގައި ހަތަރު ކްލާސްރޫމް އަޅަން ބަޔަކާ ޙަވާލު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތ.ވިލުފުށީ ސްކޫލްގައި ހަތަރު ކްލާސްރޫމް އަޅަން ބަޔަކާ ޙަވާލު ކޮށްފިއެވެ.

Ads by STELCO

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވި ގޮތުގައި ޕީ.އެސް.އައި.ޕީ 2022 ގެ ދަށުން ކުރިއަށްދާ މި މަޝްރޫޢު ހަވާލުކުރީ ޓިކް ޓެކް އިންވެސްޓްމެންޓާއެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 4,324,593.02ރ (ހަތަރުމިލިއަން ތިންލައްކަ ސައްވީސްހާސް ފައްސަތޭކަ ނުވަދިހަ ތިންރުފިޔާ ދެލާރި) އަށް މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި ޓިކް ޓެކް އިންވެސްޓްމެންޓްގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ފައިނޭންސް އޮފިސަރ އިސްމާޢިލް ޒަހުރާން ޒުބައިރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!