ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރާނަން: ނާޒިމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެ އަށް ޑްރަގް އެތެރެކުރާ މީހުންނަށް އޮންނާނީ މަރުގެ އަދަބު ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި މަސްތުވާތަކެތި އެތެރެކޮށްގެން ކުށް ސާބިތުވެއްޖެ ނަމަ ވަކި ގައުމަކަށް ބެލުމެއް ނެތި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށެވެ.

އަދި ކިލޯ ކިލޯއިން މަސްތުވާތަކެތި އެތެރެކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި މި ވަބާގައި ޖެހިގެން ދެ ޖީލު ހަލާކުވެގެންދާ މަންޒަރު ބަލަން ތިބެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ނާޒިމް އިތުތަށް ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ނޫނީ މިމައްސަލައަށް ހައްލެއް ނުލިބޭ މިންވަރަށް ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު މިހާރު ގޯސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައަށް ހައްލުހޯދުމަށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ވަރުގަދަކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރުމުގައި ގައުމެއް، ނަސްލެއް، ކުލައެއް އަދި އެމީހާގެ ބަލިމަޑުކަމަށް ބެލުމެއް ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.

Ads by HDC
  1. ކުޑަބޭ

    ނާޒިމް ވެރިކަމަން އަންނަންވެގެން ދޮގުވަޢުދާއި ފޮނިބާސާ ކަޑާނޭކަމެންނެތް ތިކަމެއް މިދިވެހި ރާއްޖެއަކުން ނުހުއްޓުވޭނެ، ވެރިކަމަށް ހުވާކުރެވުނީމާ ކަލޭވެސް ހުއްޓުވަން ބޭނުން ނުވާނެ،،އަމުދުން ކަލޭގެ ކެބިނެޓާއި ކަލޭގެ މަޖިލިސް މެންބަރުންވެސް ބޭނުންނުވާނެ ހުއްޓުވާކަށް!ރުފިޔާއި،،ޑޮލަރު ލިބޭ މަސައްކަތަކީއެއީ،،!!!!!!!!!

  2. އަބްދޫ

    ތިޔައީ ކުރަންޖެހޭ ކަމެއް އެކަމަކު ނުކުރާނެ. މިހާރުވެސް މަރުގެ ހުކުމް ތަންފީޒުކުރަންޖެހޭ މީހުންއެތިބީ މަރުވެދިޔަމީހާ ކައްވަޅުގަ މަރާލިމޫން ބިރިޔާނި ކާން.