ޚަބަރު

ބޮޑުބެރުގެ ހަރަކާތަކާއެކު ޖާބިރު މާދަމާ އެމްޑީޕީއަށް ސޮއި ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު, އަބްދުﷲ ޖާބިރު މާދަމާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއަށް ސޮއި ކުރަން ނިންމައިފިއެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު އެމްޑީޕީއަށް ސޮއި ކުރުމަށް މާދަމާ 11 ޖަހާއިރު ސޯލްޓް ރެސްޓޯރެންޓްގައި ހަރަކާތެއް އޮންނާނެއެވެ. އަދި ބިރުގެ ގެއިން 10:45 ގައި އެތަނަށް ޖާބިރު ވަޑައިގަންނަވާނީ ހަބޭސް ބޮޑުބެރު ގްރޫޕާއެކުގައެވެ. އަދި ބޮޑުބެރުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެއެވެ.

އެމްޑީޕީއަށް ޖާބިރު ސޮއި ކުރަން ނިންމާފައިވަނީ އެ ޕާޓީއާ ގުޅި ވަޑައިގަތުމުގެ ދައުވަތު އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް ދެއްވާފައިވަނިކޮށެވެ. 2010 ވަނަ އަހަރު ވެސް ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވިއެވެ.

ޖާބިރު އެންމެ ފަހުން ހުންނެވީ ޑީއާރުޕީގައެވެ. އެ ޕާޓީގައި މެންބަރުން ހަމަނުވެގެން އިލެކްޝަނުން ވަނީ ޕާޓީ އުވާލާފައެވެ. އޭގެ ފަހުން ގްރީން ޕާޓީގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފެއްދުމަށް ޖާބިރު ދިޔައީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް ޕާޓީ އުފެއްދުމަށް ބޭނުންވާ ވަރަށް ސޮއި ހަމަވެފައިވާކަމެއް އެނގިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!