ޚަބަރު

އިންޑިއާ އައުޓް މާލިތައް ނެރުމުގައި ސަރުކާރުގެ އަތެއް ވޭ: އާޒިމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޢީދު ފާހަގަކުރުމަށް މާލޭގައި ބޭއްވި ހަރަކާތުގައި އިންޑިއާ އައުޓް މާލިތައް ނެރުމުގައި ސަރުކާރުގެ އަތެއް ވާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ "މާލި"ތައް ވަނީ ފެނިގެންގޮސްފައެވެ.

އިދިކޮޅުން ވިދާޅުވީ އެގޮތަށް މާލި ނެރުނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ނެރުނު ލިސްޓްގައި އިންޑިއާ މީހުން ހިމެނުމުން، އެކަމުގައި ރައްޔިތުންގެ ހުރި އިހުސާސްތައް ސަރުކާރަށް އަންގައިދޭން ކަމަށެވެ.

މިކަމާއި ގުޅިގެން އާޒިމް ވިދާޅުވީ މިބާވަތުގެ ހަރަކާތްތަކާއި، ނަފްރަތު އުފައްދުމަށް މުޖުތަމަޢުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫނެވެ. އާޒިމް ވިދާޅުވީ މިކަމުގައި ސަރުކާރުގެ އަތެއް ވާ ކަމަށާއި ފުލް އެހެން ނޫން ނަމަ އެކަމުގެ ތަހުގީގު މިހާރު ފެށާފައިވާނެ ކަމަށެވެ.

Ads by HDC
  1. ކައިދާ

    ޢާޒިމް އެކަމާ އިދިކޮޅުވާނެތާ އިންޑިއަން ހައިކޮމިޝަނަރގެ ތައްޕާހުން އުޅޭމީހެއް ވީމަ އެއްކަލަ ސަފާރީ ފޮޓޯގަވެސް ރާފުޅިތައް ކުރި މަތީގަ ބަހައްޓައިގެން ތިބީވެސް ހައިކޮމި ޝަނަރ އާ އެކުގަ ވިއްޔަ.

  2. އޯކޭބެ

    ަލަ ކަލޭ ތިޔަހުރީ ހަމައިގަތަ ކޮންމެކަމެއް ކޮށްފަވެސް ސަރުޚާރޭ ނުކިޔާނުވަނީތަ ބަލަ ކަލޭމެން ތިޔައޮތީ ިކަންވެސް ކޮށްފަ ދެންވެސް ނުވެގެން ތިޔަ އުޅެނީ ކޮންކަމެއް