ޚަބަރު

ކީރިތި ޤުރުއާނަކީ އެންމެން ވެސް މާތްކޮށް ހިތަންޖެހޭ ފޮތެއް: ޕޫޓިން

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރަޝިއާގެ ރައީސް ލަޑިމިއަރ ޕޫޓިން

ކީރިތި ޤުރުއާނަކީ މުސްލިމުންނަށް މާތް ފޮތަކަށްވާއިރު، އެހެން މީހުންވެސް އެ ފޮތަށް މާާތްކޮށް ހިތަން ޖެހޭ ކަމަށް ރަޝިއާގެ ރައީީސް ލަޑީމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރަޝިއާގެ ރައީީސް މިފަދައިން ވިދާޅުވެފައި ވަނީ، ސްވިޑެންގައި އަޟްޙާ ޢީދު ދުވަހު، މިސްކިތެއްގެ ކުރިމަތީގައި ކީރިތި ޤުރުއާން އަންދައިލުމާ ގުޅިގެންނެވެ. ޢީދު ދުވަހު ޕޫޓިން ވަނީ ރަޝިއާގެ އެންމެ ދުވަސްވީ މިސްކިތަށް ޒިޔާރާާތް ކުރައްވައިފައެވެ.

އެ ޒިޔާރަތުގައި ޕޫޓިން ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައި، ޤުރުއާން އަންދައިލުމަކީ ކުށަކަށް ނުވިޔަސް، ރަޝިއާގައި އެއީ ޤާނޫނީ ކުށެއް ކަމަށެވެ.

ސްވިޑެންގައި ޤުރުއާން ފޮތް އަންދާލި މައްސަލަ ހޫނުވެފައިވާއިރު، އިސްލާމީ ޤައުމުތަކުން އަންނަނީ މިކަން ކުށްވެރި ކުރަމުންނެވެ.

އެގޮތުން މިކަމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލި ތުރުކީން ބުނީ، ޙިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކީރިތި ޤުރުއާން އަންދާލުމަށް ޖާގަ ދިނުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!