Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގަމަށް ބަނގުރާ އެތެރެ ކުރަން އުޅުނު ހަތަރު މީހަކު ހައްޔަރު ކޮށްފި

ގަމަށް ބަނގުރާ އެތެރެ ކުރަން އުޅުނު ހަތަރު މީހަކު ހައްޔަރު ކޮށްފި

ލ. ގަމަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުން ކަމަށެވެ.

އެއީ 39 އަހަރުގެ މީހަކާއި 41 އަހަރުގެ މީހަކާ އަދި 42 އަހަރުގެ މީހެއްގެ އިތުރުން 56 އަހަރުގެ މީހެކެވެ

Advertisement
HDC — Sidebar (box)

.ގަމު ބަނދަރު މަތިން އެ ހަތަރު މީހުން ހައްޔަރުކޮށް އެ މީހުން ދަތުރުކުރި ޑިންގީ ބަލައިފާސްކުރިއިރު 72 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރައްވައެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 39 އަހަރުގެ މީހާއަށް ފަސް ދުވަސް އަދި އަނެއް ތިން މީހުންނަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް