ޚަބަރު

ރައީީސްގެ އެޑްވައިޒަރުގެ މަޤާމުން ޝިހާބު އިސްތިއުފާ ދެއްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެޑްވައިޒަރު ކަމުގެ މަޤާމުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރު މުޙައްމަދު ޝިހާބު އިސްތިއުފާ ދެއްވައިފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ޝިހާބު އިސްތިއުފާ ދެއްވީ މިއަދު ކަމަށެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.

ޝިހާބު މަޤާމުން އިސްތިއުފާ ދެއްވިއިރު، އޭނާ އަކީ ރައީީސް ނަޝީދާ އަރިސް ބޭފުޅެކެވެ.

ަރައީސް ނަޝީދުގެ ފަރާތްޕުޅުން ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމްއާއި ބައްދަލުކުރައްވަން މަންދޫބެއްގެ ގޮތުގައި މީގެކުރިން ޝިހާބު ދެ ފަހަރެއްގެ މަތިން ވަޑައިގެންފައިވެއެވެ.

ޝިހާބު މަޤާމުން އިސްތިއުފާ ދެއްވައިފައިވާއިރު، ރައީސް ނަޝީދު އިސްވެ ހުންނަވައި އުފައްދާ "ޑިމޮކްރެޓްސް"އަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުއްދަ ދީފައެވެ.

Ads by Ooredoo
  1. ބޭކާރު މަޤާމުތަށް ބޭފުޅުން ނަށް މުސާރަ ދިނުން ދައުލަތުން !