ޚަބަރު

ޑިމޮކްރެޓްސްއިން އެދުނަސް، އިންޑިއާ އައުޓް ހަރަކާާތް ހުއްޓައިނުލާނެ ކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީ އާއިއެކުގައި ސިޔާސީ މަޝްވަރާތައް ކުރަމުން އަންނަ، "ދަ ޑިމޮކްރެޓްސް"އިން އެދުނަސް، "އިންޑިއާ އައުޓް" ހަރަކާތް ހުއްޓައިނުލާނެ ކަމަށް ޕީޕީއެމްގެ ސެނެޓަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފު ވިދާޅުވީ، ޕީޕީއެމުން އިންޑިއާ އައުޓް ހަރަކާާތް ހުއްޓައިލުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

މިކަމާ ގުޅޭގޮތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވިދާޅުވީ ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިޔުމާއި އިންޑިއާ އައުޓާ ނުގުޅުވޭނެ ކަމަށެވެ.

"އިންޑިއާ އައުޓް ނުހުއްޓުވޭނެ، ގޮވާނަން، ޕާޓީ ޓޯކްސް ކުރިއަށް ގެންދިޔުމާ އިންޑިއާ އައުޓްގެ ހަރަކާތާ ނުގުޅުވޭނެ، އިންޑިއާ އައުޓް ހުއްޓުވަން ޝަރުތުކޮށް ދައްކާނެ ވާހަކައެއް ނެތް." އޭނާ ވިދާޅުވިއެވެ.

މުޙައްމަދު އިސްމާޢީލް އިތުރަށް ވިދާޅުވީ، ‏ޕާޓީތަކާއެކު ކުރިއައް ގެންދެވޭ މަޝްވަރާތަކުގަ ޕީޕީއެމްގެ އުސޫލުތައް ދޫކޮށް އެއްވެސް މަޝްވަރާއެއް ކުރިއައް ނުގެންދަވާނެ ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ދެއްވަން ބޭނުންވާ ޔަޤީންކަމަކީ އިންޑިއާގެ އަޅުވެތިކަމުން ދިވެހި ފަސްގަނޑު ސަލާމަތް ވަންދެން، އިންޑިއާ އައުޓް ހުއްޓައިނުލާ ޤާނޫނީ އިމުގެތެރެއިން އަޑުއުފުލުންތައް ކުރިއަށް ގެންދާނެކަން."

ޕީޕީއެމް-ޕީއެންސީ އާއި ޑިމޮކްރެޓްސްގެ ތިންވަނަ މަޝްވަރާ ބައްދަލުވުންތައް ފަށައިގެން ކުރިއަށްދާއިރު، އިއްޔެ ވަނީ ތިންވަނަ ބައްދަލުވުން ބާއްވައިފައެވެ. ޕީޕީއެމް-ޕީއެންސީގެ ސެނެޓާ މަޝްވަރާނުކޮށް، އެ ޕާޓީ އާއެކު މަޝްވަރާއަށް ދިޔަކަން ފާހަގަކޮށް، ބައެއް ސެނެޓަރުން ވަނީ އެކަމާއިމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.

Ads by Allied Insurance
  1. ބިރބޮޑު

    ސާބަހޭ މުހައްމަދު ތިޔަގޮތުގައި ހުންނާތި

  2. ކީއްވެ ނުހުއްޓަންވީ. ވެރިކަން ބަދަލުކުރުމަށްޓަކައި މީގެ ކުރިން ކާފަރަށް ގޮވި އަންނިވެސް އުނގައް ލާން އޯކޭވާނެ. މިހާރު އެއީ ދީންވެރި ހެޔޮލަފާ މީހެއްނު!