ޚަބަރު

ރައީސް ޞާލިހުގެ ޢާއިލާއަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނުކަމަށް އަދީބު ބުނާ މެސެޖްތައް އެބަހުރި: ވައްޑެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ޢާއިލާގެ ބޭފުޅުންނަށް، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ މެސެޖު، މަޖިލީހުގައި އެބަހުރި ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެގެ މަޝްހޫރ ވިޔަފާރިވެރިޔާ, މުޙައްމަދު މޫސާ (ޗަމްޕާ) އުއްޗުއަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައި ނެތްކަމަށްވެދާނެ ކަމަަށެވެ. އެހެން ނަމަވެސް އެފައިސާ ލިބުނު މީހުންގެ މައްސަލަތައް ކޮބާތޯ ވައްޑެ ވަނީ ސުވާލު ކޮށްފައެެވެ. ވައްޑެ ވިދާޅުވީ ރައީސް ޞާލިހުގެ ޢާއިލާއަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނުކަމަށް އަދީބު ބުނާ މެސެޖްތައް މަޖިލީހުގައި އެބަހުރި ކަމަށެވެ.

" ރައީސުލްޖުމްހޫރިއްޔާ އަށްވެސް އެއިން ބައެއް ލިބުނު ކަމަށް ކިޔާ. ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ބޭފުޅުންނަށް ފައިސާ ލިބުނުކަމަށް ބުނާ އަދީބުގެ ޓެކްސްޓް މެސެޖް ކޮޕީ 241 ކޮމިޓީގައިވެސް އެބަހުރި" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ މިފަދައިން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން 35 މިލިއަން ރުފިޔާ އަދީބުގެ އަތުން ރައީސް ޞާލިހު ނެންގެވިކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.

  1. އައިމިނަ

    މިހާރު މިމީހުން ދައްކާނެ ވާހަކަތައް ހުސްވީއެވެ. ޗާގޯސް އޭ، ފަޅޮލޭ ކިޔަމުން ގޮސް ދެން ކިޔާނެ އެއްޗެއް ނެތުނީމާ އަނެއްކާ މާކުރިން ދައްކާ ނިންމާފައި އޮތް ވާހަކައެއް ފެށީއެވެ. ތިޔަ ކިޔާ ފައިސާ ލިބުނު މީހުންގެ ތެރޭގައި ތިމާވެސް އެބައޮތެވެ. އަދި ތިޔަ ޑިމޮކްރެޓިކްގެ އާޒިމުން ފެށިގެން އައްޔައާއި ހަމަޔަށް އެބައޮތެވެ.

  2. ފީކޯލި

    ދެން ކީއްވެ މިއޮއް ހުރިހާދުވަހު ފޮރުވައިގެން ތިއުޅެނީ! ފައިނު ކަތީބަށް އެކަނިދޯ އެ ދެއްކީ!