އިންޑިއާ ސިފައިން ޖެހޭނީ ދިވެހި ފަސްގަނޑުން ފައިބަން: ޝިޔާމް

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނީ މި ގައުމުގެ ފަސްގަނޑު ދޫކޮށް ފައިބަން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ރާއްޖޭގައި ޤައިމްވެގެންތިބޭ އިންޑިއާ ސިފައިންގެ މައުލޫމާތު ސިއްރުކުރި މައްސަލައިގެ ހައިކޯޓު އަޑު އެހުމެއް މިއަދަށް ތާވަލުކުރުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ޤައުމެއްގެ އަސްކަރިއްޔާ ދާއިމަށް ދިވެހި ފަސްގަނޑުގައި ތިބޭކަށް އެއްވެސް ޤާނޫނެއް އަދި ޤާނޫނު އަސާސީންވެސް ތަން ނުދޭ ކަމަށެވެ. އެއީ ރާއްޖެއަކީ މިނިވަން މުސްތަގިއްލު ޤައުމަކަށް ވާތީ އާއި ރައްޔިތުން އެގޮތް ބޭނުންވާތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އިންޑިއާ ސިފައިން ޖެހޭނީ ފައިބަން" ޝިޔާމް ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އިސް ނަންގަވައިގެން "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތްތަކެއް ދަނީ ބާއްވަމުންނެވެ.
މީ ޖަވާހިރާއި ޔާގޫތު ހުރި ބިމެއްތޯ މިތަނުގައި ބަޔަކު ތިބެން