ޚަބަރު

އަމީނީ މަގުގައި ޤަވާއިދާ ޚިލާފަށް ޕާކު ކުރާ އުޅަނދުތައް އާދިއްތަ ދުވަހުން ފެށިގެން ނަގަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އަމީނީ މަގުގައި ޤަވައިދާ ޚިލާފަށް، ޕާކުކޮށްފައި ހުރި އުޅަނދުފަހަރު އަންނަ އާދީއްތަ ދުވަހުން ފެށިގެން ނަގަން ފަށާނެ ކަމަށް، ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އަމީނީމަގުގައި ޤަވާއިދާ ޚިލާފަށް އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ހިނގާ ބިނގާވާ މީހުުންނަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.

Ads by STELCO

އެހެންކަމުން، 2023 ޖުލައި ހަ ވަނަ ދުވަހުން ފެށިގެން ތިކް  ދުވަހުގެ މުއްދަތަށް ބެލުމަށްފަހު، އަމީނީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.

ފުލުހުން ވިދާޅުވީ، އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ، އަމީނީމަގާ ގުޅިފައިވާ މަގުތަކާއި ގޯޅިތައް، ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ.

މާލޭގެ ބައެއް ސްކޫލްތަކުގެ އިތުރުން، ސަރުކާރުގެ ބައެއް އިދާރާތަކާއި މުއައްސަސާތައް ހުންނަ އަމީނީމަގަކީ އާންމު ގޮތެއްގައި ގިނަ މީހުން ބޭނުންކުރާ އެއް މަގެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!