Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގައިދީންނަށް ހާއްސަކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި

ގައިދީންނަށް ހާއްސަކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން، ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް އެކެއްގެ 19 ވަނަ ބެޗް، މާފުށީ ޖަލުގައި ފަށައިފިއެވެ.

މިއީ 55 ފިރިހެން ގައިދީން ބައިވެރިވާ ބެޗެކެވެ.

ކަރެކްޝަނުން ވިދާޅުވާ ގޮތުގައި، ރިހެބިލިޓޭޝަން ފްރޭމްވަރކް ތައާރަފްކުރުމުގެ މަގުސަދަކީ ޤައިދީން އިސްލާހުކޮށް، އެމީހުންނަށް ތަޢުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމަޢަށް ނުކުންނައިރު އެ މީހުންނަކީ އާމްދަނީއެއް ލިބޭނޭފަދަ ބަޔަކަށް ހެދުމެވެ.

Advertisement
Allied — Dhen Online (box)

ރިހެބިލިޓޭޝަން ފްރޭމްވަރކް އެކުލެވިގެންވަނީ ހަތަރު ފިޔަވައްސެއްގެ މައްޗަށެވެ.

އެއީ ޤައިދީންގެ ކިބާގައި "ޑިސިޕްލިން" އަށަގެންނެވުމާއި، އެމީހުންނަށް ސައިކޮލޮޖީ ޕްރޮގްރާމްތައް ހިންގުމާއި، "އެޑިއުކޭޝަން އެންޑް ވޮކޭޝަން" ދަސްކޮށްދިނުމުގެ އިތުރުން، "ޕްރިޒަން ކޮމިއުނިޓީ ސަރވިސް"އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް