ހަނިމާދޫގެ ބައެއް ބިންތައް ފަތުރުވެރިކަމަށް ހުޅުވައިލައިފި

ހދ. ހަނިމާދޫގެ ބައެއް ބިންތައް ފަތުރުވެރިކަމަށް ހުޅުވައިލައިފިއެވެ.
ޓޫރިޒަމް ޒޯނުގައި ހުރި ބައެއް ބިންތައް ޓޫރިޒަމް ވިޔަފާރިއަށް ކުއްޔަށް ދޫކުރުމަށް ހުޅުވައިލިއިރު، ހަނިމާދޫ ކައުންސިލުން ވަނީ 10،000 އަކަފޫޓުގެ ހަތަރު ބިން 40 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމަވައިފައެވެ.
އަދި 5،000 އަކަފޫޓުގެ އަށް ބިން 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން އިޢުލާނު ކުރައްވައިފައިވެއެވެ.
މި ބިންތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ހަނިމާދޫ ކައުންސިލް އިދާރާގައެވެ.
ބިޑް ހުޅުވުން އޮންނާނީ އަންނަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލް އިދާރާގައެވެ.
މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރު ނުވާ ފަރާތްތަކަށާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ބިޑްތައް ބަލައިނުގަންނަން ހަނިމާދޫ ކައުންސިލުން ވަނީ ނިންމަވައިފައެވެ.