ޑިމޮކްރެޓްްސްއިން ކޯމާއެއްގައި އޮވެ، ފަސް އަހަރުގެ ދައުރެއް ނިންމައެއް ނުލާނެ: އިންތި
"ޑިމޮކްރެޓްސް"ގެ ސަރުކާރަކީ ކޯމާއެއްގައި އޮވެ، ވެރިކަމުގެ ފަސް އަހަރު ނިންމައިލާ ސަރުކާރަކަށް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.
އިމްތިޔާޒު މިހެން ވިދާޅުވީ ޑިމޮކްރެޓްްސްގެ ހަރުގެ، "ދަ ހައުސް އޮފް ޑިމޮކްރެޓްސް" ހުޅުވުމަށްފަހުގައި، އެތަނުގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިންތި ވަނީ ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ނިންމައިލިއިރު، މި ސަރުކާރަށް ކުރެވުނީ ކޮން ކަމެއްތޯ ސުވާލު ކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ވަކިވެ އައު ސިޔާސީ ޕާޓީއެއް އުފައްދަން ޖެހުނީ ރައީސްް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ޚިޔާނާާތްތެރިކަން ބޮޑު ކަމުންނެވެ.
އެގޮތުން ވެންޓިލޭޓަރުން ކުރި ވައްކަން ނުބެލުމާއި، އާރްޑީސީގެ ޚިޔާނާތާއި، ބަދަލުގެ ގޮތުގައި އެތައް ފައިސާއެއް އެކި މީހުންނަށް ދިން ކަމަށް އިންތި ވިދާޅުވިއެވެ.
"ފަސް އަހަރުގެ ވެރިކަން ކޯމާއެއްގައި އޮވެ ނިންމާލާ ބަޔަކަށް ނުވާނެ. މި ޤައުމު އިރާދަކުރެއްވިއްޔާ ބަދަލު ކުރާނެ. އޭގެ މާނައިގައި، އޭގެ ގޮތުގައި އެކަން ކުރާނެ ބަޔަކު އިރާދަކުރެއްވިއްޔާ މި ޕާޓީގެ ވެރިކަމަށް އަންނާނީ."
އިންތި އިތުރަށް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ރައްޔިތުން ނުކުމެ، ބަދަލު ކުރާނެ ކަމަށެވެ.
ކަލޭޥެސް ބޭނުންވީ ޕުރެޖެކްޓުތައް ނަގައިގެން ފިލާއޮންނައް އެފުރުސަތު ނުލިބުނީމާ ދެންތިބި އެއްމެން ތިޥީ ވަގުންނައް ގޮހޮރުބޮޑުވިޔަސް ތިޔަވަރު ބޮޑު