Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ވިދާޅުވީ ތަކެތީގެ އަގުދަނީ ދަށަށް ކަމަށް

ރައީސް ވިދާޅުވީ ތަކެތީގެ އަގުދަނީ ދަށަށް ކަމަށް
މުދަލުގެ އަގު ބޮޑުވަމުންދާކަމަށް ސިޔާސީ ވާދެވެރިން ވިދާޅުވަމުން ގެންދެވިނަމަވެސް، ރާއްޖޭގައި ތަކެތީގެ އަގު އުފުލެމުން ނުދާ ކަމަށާއި، އަގުތައް ހުރީ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓިފައި ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް ސާލިހު މިހެން ވިދާޅުވީ، މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި، މ. މުލަކުގައި އޮތް ކެމްޕޭން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިރޭ މ. މުލަކުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ މުދަލުގެ އަގު ބޮޑުވެ، އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ވާދަވެރިން ވަރަށް އަޑު ހަރުކޮށް އެ ދުވަހު ބުނަމުންދިޔަ ކަމަށެވެ. އަދި އިންފްލޭޝަން %5.4 އަށް މައްޗަށް ދާނެ ކަމަށް ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުންވެސް ބުނެފައިވާކަން ރައީސް ސާލިހު ފާހަގަ ކުރެއްވިއެވެ. ރައީސް ސާލިހުގެ ވާހަކަ ފުޅުގައި ވިދާޅުވީ، ދުނިޔޭގެ އިގްތިސާދަށް އަންނަމުންދިޔަ ނުރަގަޅު ބަދަލުތަކާއި ގުޅިގެން ސަރުކާރުން އަޅަމުން ގޮސްފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން %3.4 ގައި އިންފްލޭޝަން ހިފެހެއްޓިފައި ހުރި ކަމަށެވެ. އެހެންނަމަވެސް ޔޫރަޕްގެ ގައުމުތަކުގައިވެސް މިއަދު އިންފްލޭޝަން ހުރީ %9 ގައި ކަމުގައި ރައީސް ވިދާޅުވިއެވެ.
އެހެންވީމަ ރާއްޖޭގެ ތަކެތީގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް މި ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ އެބަ ފެނޭ. ކިތަންމެ ބާރަށް ތަކެތީގެ އަގު ބޮޑުވެއޭ ބުންޏަސް އެމްއެމްއޭ، ރާއްޖޭގެ ސެންޓްރަލް ބޭންކުން ބުނަނީ ތަކެތީގެ އަގު ދަނީ ދަށަށޭ.
މިރޭ މ. މުލަކުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވިއެވެ. މިރޭ ރައީސް ވަނީ މުލަކުގައި ފްރީޒިން ކެޕޭސިޓީ އަދި ކޯލްޑް ސްޓޯރޭޖް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭ ވަރު ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. މިގޮތުން އެމަސައްކަތް މިހާރު އޮތީ ބީލަމުގެ މަރުހަލާގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވިދާޅުވީ މިފްކޯ އަށް އަލަށް ގެންނަ ތިން ބޯޓުގެ ތެރެއިން އެއް ބޯޓު ބާއްވާނީ އެ ސަރަހައްދުގައި ކަމަށެވެ. އޭގެއިތުރުން ރައީސް ވިދާޅުވީ މ. މުލަކުގައި މި އަހަރު އޭޓީއެމްގެ ހިދުމަތް ފެށުމުގެ އިތުރުން ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަކަށް ހަދައި ބޯހިޔާވަހިކަމަށްވެސް ހައްލު ހޯއްދަވާ ދެއްވާނެކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް