މީދޫގައި 700 މީހުންގެ ޖާަގައިގެ މިސްކިތެއް އަޅަނީ

އައްޑޫ ސިޓީ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ބަޔަކާ ޙަަވާލުކޮށްފިއެވެ.
މިސްކިތް ބިނާ ކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއް އައްޑޫސިޓީއަށް ވަޑައިގެން އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު ޢަލީއެވެ.
މި މަޝްރޫޢާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު ވިދާޅުވީ، މިހާރު މިނިސްޓްރީން ހާވަލުކޮށް ޤާއިމް ކުރެވޭ މިސްކިތްތަކަކީ މުޅިން ތަފާތު ޑިޒައިންތަކަށް ބިނާ ކުރެވޭ މިިސްކިތްތަކެއް ކަމަށެވެ.
މީދޫގައި ޤާއިމް ބިންގާ އަޅައިފައިވާ މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 13,947,943.70 (ތޭރަ މިލިއަން ނުވަލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދިހަ ލާރި) ޙަރަދުކޮށްގެން ހިންގަން ހަމަޖެހިފައިވާ މިސްކިތެކެވެ.
މިސްކިތް ބިނާ ކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވަނީ ނޫރައްދީން އިންވެސްޓްމެންޓާއިއެެވެ. އަދި މިސްކިތް ނިންމުމަށް ދީފައިވަނީ އެއް އަހަރު މުއްދަތެކެވެ.
ހާތަށް ދުވަހު މިސްކިތް ނާލާ ބާއްވާފަ ވޯޓު ހޯދަން މިސްކިތް އެޅުން ހެއު ނުވާނެ