ސަނާ ޚާންއާއި ދަރިފުޅަށް، ގެއިން ހޫނު މަރުޙަބާއެއް

ކުރީގެ ބަތަލާ ސަނާ ޚާން ދާދި ފަހުން ވަނީ މަންމަ އަކަށް ވެފައެވެ. ސަނާ އާއި އޭނާގެ ފިރިމީހާ، މުފްތީ އަނަސް ސަޢީދަށް ފިރިހެން ކުއްޖަކު ލިބިފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.
ސަނާއަށް ދަރިފުޅު ލިބުނު ފަހުން، ދަރިފުޅާ ގުޅޭގޮތުން، އިންސްޓެގްރާާމްގައި އެކި ޕޯސްޓުތައް އަންނަނީ ކުރަމުންނެވެ. މިގޮތުން އޭނާ ދާދި ފަހުން ހިއްސާ ކުރި ދަރިފުޅުގެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.
ސަނާ ހިއްސާ ކުރި ވީޑިއޯއިން ފެންނަ ގޮތުގައި، އަނަސް ވަނީ އޭނާގެ ދަރިފުޅަށާއި އަންހެނުންނަށް މަރުޙަބާ ކިޔުމަށް ގޭތެރެ ފުއްޕާހަމުން ޒީނަތްތެރި ކޮށްފައެވެ. ވީޑިއޯއިން ސަނާގެ ދަރިފުޅު، ސަޢީދު ތާރިޤު ޖަމީލު ފެނުނަސް، އޭނާގެ މޫނެއް ނުފެނެއެވެ.
ސަނާ ދަރިފުޅާ ގުޅޭގޮތުން ބުނެފައި ވަނީ، ޅަ އުމުރުން ފެށިގެން، އެ ކުއްޖާއަށް ޤުރުއާން އުނގަންނައިދޭން އޭނާ ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ.