ރާއްޖޭގެ ނައިބު ރައީސެއްގެ ޙަޔާތުގެ މައްޗަށް ލިޔެފައިވާ ފުރަތަމަ ބަޔޮގްރަފީ ނެރެފި
ނައިބު ރައީސް ފައިޞަލް ނަސީމުގެ ދިރިއުމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚާއްސަބަޔޮގްރަފީއެއް މިރޭ ނެރެފިއެވެ.
މި ފޮތް ނެރެފައިވަނީ ޣިޔާސުއްދީން ސްކޫލުގައި މިރޭ ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. މި ފޮތަކީ ލިޔުންތެރިޔާ އަޙްމަދު ސާއިލު ޢަލީ ލިޔެފައިވާ ފޮތެކެވެ. މި ފޮތް ނެރެފައިވަނީ ފައިޞަލް ނަސީބަށް 50 އަހަރު ފުރުނު ދުވަހުއެވެ. ފޮތް ނެރެދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. ޒާހިރު ޙުސައިނެވެ.
މިއީ ރާއްޖޭގެ ނައިބު ރައީސެއްގެ ޙަޔާތުގެ މައްޗަށް ބިނާކޮށް ލިޔެވުނު ފުރަތަމަ ބަޔޮގްރަފީކަން ފާހަގަކޮށްލެވެއެވެ. މި ފޮތް ނޮވެލްޓީ ބުކްޝޮޕްއިން ލިބެން ހުންނާނެއެވެ.
މިރޭގެ ޖަލްސާގައި މިފޮތުގެ މުސައްނިފް ސާއިލް ވަނީ ވާހަކަ ދައްކާފައެވެ. އޭނާ ބުނެފައިވަނީ މި ބަޔޮގްރަފީގައި ފައިޞަލް ތުއްޕުޅުއިރުން ފެށިގެން މިހާ ހިސާބަށް ވަޑައިގެންނެވި ގޮތް ވަރަށް ތަފުސީލީ ގޮތެއްގައި ލިޔެފައި ވާނެ ކަމަށެވެ. އަދި މިފޮތުގައި މީގެ ކުރިން އާއްމުންނާ ހަމައަށް ތިލަ ނުވާ ވާހަކަތައް ވެސް ގެނެސްދީފައިވާނެ ކަމަށް ބުންޏެވެ.
މި ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި, ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙްގެ ވީޑިއޯ ރިކޯޑިންއެއް ވެސް ވަނީ ގެނެސް ދީފައެވެ. އެ ވީޑިއޯގައި ރައީސް ވިދާޅުވީ, ފައިސަލް ނަސީމަކީ ދިރިއުޅުގެ ކަންކަމުގައި ގިނަ ބުރަތަކެއް އުފުލާފައިވާ މީހެއް ކަމަށާއި, އެ ވާހަކަތައް ރައީސާ ވެސް ހިއްސާ ކުރެއްވި ކަމަށެވެ.
"ފައިޞަލްގެ އަމިއްލަ ދިރިއުޅުއްވުމުގެ މުހިންމު ބައެއް ވާހަކަތައް އަޅުގަނޑާ ޙިއްޞާ ކުރެއްވި. ދިރިއުޅުއްވުމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއި ހުރަސް ކުރައްވަން ޖެހިވަޑައިގެންނެވި އުނދަގޫތައް ވެސް ޙިއްޞާ ކުރެއްވި." ރައީސް ވިދާޅުވިއެވެ.
ފައިސަލް ނަސީމް ރާއްޖޭގެ ސިޔާސީ މަޝްރަޙަށް ނިކުމެ ވަޑައިގަތީ, އާ ގާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެންބަރު ކަމުންނެވެ. އޭގެ ފަހުން ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ފައިޞަލް ކުރެއްވިއެވެ.
ފޮތުގަ ދޮގުވާހަކަތައް ހިމަނައިގެން ނެރެފަވާފޮތެއް
މީ ނައިބުރައީސަކީ… މީގެ ކުރިން ފެނުނީ މީދާ ކައިފާވާ އުނބުތަކެއް.. އަދިވެސް އެ ތިބެނީނު ސަރުކާރުގެ ލާރިތައް ކާލަކާލަ.. 1/2 ގަ ވެރިކަން ކޮށްލެވުނީތީވެސް.