އިދިކޮޅު ފަރާތްތަކުން ގުޅިގެން އެއް ކެނޑިޑޭޓެއް ނެރޭނެ ކަމަށް ބުނި ނަމަވެސް އެއީ ކުރެވިދާނެކަމެއްހެން ހީނުވޭ: ނައިބު ރައީސް
![](https://dhen.mv/wp-content/uploads/2021/04/Faisal-Naseem-850x548.jpg)
އިދިކޮޅު ފަރާތްތަކުން ގުޅިގެން އެއް ކެނޑިޑޭޓެއް ނެރޭނެ ކަމަށް ބުނި ނަމަވެސް އެއީ ކުރެވިދާނެކަމެއް ކަމަށް ހީނުވާ ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް ޞާލިޙް ފަދަ ބޭފުޅަކު ޤައުމަކަށް އިންތިހާބު ކުރެވުމަކީ އެއީ ލިބޭނެ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.
އަދި ރައީސް އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންނަށް ހެޔޮ ގޮތްވުން އެދިގެން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އިތުރު ދައުރަކަށް ރައީސް ޞާލިހަށް ފުރުސަތު ދެއްވުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކޮމަން ކެނޑިޑޭޓަކަށް ވެސް ވާން ޖެހޭނީ ރައީސް ޞާލިޙް ކަމަށާއި އެކަމަށް އެންމެން އެއްބަސްވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ފައިސަލް އަކީ އެކުގައި މަސައްކަތް ކުރެއްވުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެއްވޭ ބޭފުޅެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
ޔާމީން ބޭނުނެއްނުވާނެ އޭނަނޫން މީހަކު ރައީސްކަމަން އަންނަން
ޜައީސްކަމާހެދި ހޭބޯނާރާމީހެއް
އައްނި އަކީވެސް ވެރިކަމާހެދި ބޫތުކާފަ ވާމީހެއް