ޚަބަރު

ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސަައްކަތް ބަލައެއް ނުގަނެވޭ: އިމްރާން 

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސަައްކަތަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިފައިންގެ ބޭކަލަކަށް ނުވަތަ ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ އެކަން ބަލާ އަޅަންޖެހޭ ފިޔަވަޅު އެޅޭނެކަމަށެވެ.

"ސިފައިންގެ ބޭކަލަކަށް ނުވަތަ ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ބަލާ އަޅަންޖެހޭ ފިޔަވަޅު އެޅޭނެ.ނަމަވެސް ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން." އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވީ އިއްޔެ ހަވީރު ޕީޕީއެމް-ޕީއެންސީގެ ފަރާތްތަކުން ކުރަމުން ދިޔަ އިޙްތިޖާޖު ކަވަރު ކުރަމުން ދިޔަ ނޫސްވެރިޔާ ކޮއްޕާލާ, ބިންމައްޗަށް ވައްޓާލި ފުލުސް މީހެއްގެ މައްސަލަ ފެންމަތިވެ ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުލުސް މީހާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ. އަދި މައްސަލަ މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!