Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޝިޔާމްގެ ޝައުޤުވެރިކަމެއް ރަނިންމޭޓް ކަމަށް ނެތް, ވިދާޅުވީ މަޖުބޫރުވުމުން ނޫނީ ނޫނީ ނުފެންނާނެ ކަމަށް

ޝިޔާމްގެ ޝައުޤުވެރިކަމެއް ރަނިންމޭޓް ކަމަށް ނެތް, ވިދާޅުވީ މަޖުބޫރުވުމުން ނޫނީ ނޫނީ ނުފެންނާނެ ކަމަށް

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއެކު ކޯލިޝަން ހައްދަވާފައިވާ, އެމްޑީއޭގެ ލީޑަރު އަޙްމަދު ޝިޔާމް, ރައީސް ޞާލިޙްގެ ރަނިންމޭޓް ކަމަށް ވާދަ ކުރައްވަން ޝައުޤުވެރިވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުން މިރޭ ރާއްޖެ ވަޑައިގެން މީޑިއާތަކަށް ޝިޔާމް ވިދާޅުވީ, މަޖުބޫރުވެއްޖެ ހާލަތެއްގައި އެކަން ނުކުރައްވާނެ ކަމަށް ވިދާޅުވެވެން ނެތް ކަމަށާއި ނަމަވެސް އެކަމަށް ޝައުޤެއް ނެތް ކަމަށެވެ.

ޝިޔާމް ގެންދަވަނީ ރައީސް ޞާލިޙް އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަރަށް އެކްޓިވްކޮށް އުޅުއްވަމުންނެވެ.

Advertisement
Allied — Dhen Online (box)

ޝިޔާމްގެ ޝައުޤުވެރިކަން ރަނިންމޭޓް ކަމަށް ނެތްއިރު, ރަނިންމޭޓަކަށް ޚިޔާރު ކުރައްވާނެ ފަރާތަކާމެދު ރައީސް ޞާލިޙް ވެސް ވަނީ މީގެ ކުރިން ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޞާލިޙް ވިދާޅުވީ މިހާރު ކުރިމަތީގައި އޮތް އެންމެ ބޮޑު ސުވާލަކީ ވެސް އެއީ ކަމަށެވެ.

"އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިއަދު ނައިބު ރައީސް, ފައިސަލް ނަސީމު ވަނީ ރަނިންމޭޓް ކަމަށް ޝައުޤުވެރިވާ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް