ދިރާސީ އައު އަހަރަށް ހުރިހާ ސްކޫލަކަށްވެސް ފޮތްތަކާއި މުދައްރިސުން ހަމަވާނެ: މިނިސްޓްރީ

ދިރާސީ އައު އަހަރަށް ހުރިހާ ސްކޫލަކަށްވެސް ފޮތްތަކާއި މުދައްރިސުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތް އަދިވެސް މިނިސްޓްރީއިން ގެންދަނީ ކުރަމުންނެވެ. އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށްވެސް މުދައްރިސުން ހަމަވާނެކަމަށާއި މުދައްރިސުންގެ އިތުރުން، ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތްވެސް މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ.
މިނިސްޓްރީން މައުލޫމާތު ދެއްވިގޮތުގައި މިމަހުގެ 31ގެ ނިޔަލަށް ހުރިހާ ސްކޫލަކަށްވެސް ޓެކްސް ފޮތްތައްވެސް ދީ ނިމޭނެއެވެ. އެހެންކަމުން ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭއިރު ހުރިހާ ޓެކްސް ފޮތްތައްވެސް ހަމަވާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ފެށޭ ދިރާސީ އާ އަހަރު ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހުގެ 6 ވަނަ ދުވަހުއެެވެ. މިނިސްޓްރީން މައުލޫމާތު ދެއްވިގޮތުގައި އެމިނިސްޓްރީން މިހާރު ކުރަމުންދަނީ ކިޔެވުން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.
ތިހެން ބުނޭ ކޮންމެ ފަހަރަކު. އެކަމު ހަމަނުވޭ. ހާއްސަކޮށް ބިދޭސީން ޗުއްޓީއަށް ބަންދު ނުވަނީސް ފުރާނެ. އަންނަނީވެސް ލަހުން. ސްކޫލާއި ކުދިންނަށް ހުރިހާ ގެއްލުމެއް. ދެރަކަންކަން. އެވަރުން ބިދޭސީން ޕްރިންސިޕަލުންނަސްވެސް