ބޮލީވުޑް މުނިފޫހިފިލުވުން

އެންމެ ގިނަ ޓެކްސް ދައްކާ ބަތަލާއަކީ ދިޕިކާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އިންޑިއާ ސަރުކާރަށް އެންމެ ގިނަ ޓެކްސް ދައްކާ ބޮލީވުޑް ބަތަލާއަކީ ދިޕިކާ ޕަޑުކޯން ކަމަށް މީޑީއާ ރިޕޯޓުތައް ބުނެފިއެވެ.

Ads by Sosun Fihaara

ދިޕިކާއަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ އަގުބޮޑު އެއް ބަތަލާއެވެ. އޭނާގެ އާމްދަނީ މައްޗަށް ގޮސްފައިވަނީ މިއަހަރު ރިލީޒްކުރި "ޕަޓާން" ގެ ބޮޑު ކާމިޔާބީއަށްފަހުއެވެ. ދިޕިކާ ދާދި ފަހުން ވަނީ "82 ޑިގްރީޒް އީ" ގެ ނަމުގައި ކޮސްމެޓިކް ބްރޭންޑެއްވެސް ތައާރަފުކޮށް ވިއްކަން ފަށައިފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން 2016 ވަނަ އަހަރުން 2017 ވަނަ އަހަރަށް އެކަނިވެސް ޓެކްސްގެ ގޮތުގައި ދިޕިކާ ވަނީ 10 ކްރޯރް ރުޕީސް ދައްކައިފައެވެ. އޭގެ ފަހުން އޭނާގެ ވިޔަފާރި ފުޅާވެ މި އަދަދު ދެގުނައަށް އިތުރުވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ދިޕިކާއަކީ މިވަގުތު އިންޑިއާގައި ހުރި ތިންވަނައަށް އެންމެ މުއްސަނދި ބަތަލާއެވެ. އޭނާއަށް އެވަރޭޖުކޮށް އަހަރަކު 500 ކްރޯރް ރުޕީސްގެ އާމްދަނީއެއް ލިބެ lއެވެ. އެންމެ މުއްސަނދި ބަތަލާއަކީ އައިޝްވާރިޔާ ރާއީ ބައްޗަންއެވެ.

އޭނާއަށް އަހަރަކު 776 ކްރޯރް ރުޕީސްގެ އާމްދަނީއެއް ލިބެއެވެ. އަދި ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއަށް 620 ކްރޯރް ރުޕީސްގެ އާމްދަނީ އެކެވެ.

އައިޝްވާރިޔާގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ނޯންނާތީ އޭނާ ދައުލަތަށް ދައްކަންޖެހޭ ޓެކްސް ވަރަށް ކުޑައެވެ. އަނެއްކޮޅުން ޕްރިޔަންކާ އަކީ މިހާރު އެމެރިކާގައި ދިރިއުޅޭ މީހަކަށްވުމުން އޭނާ ޓެކްސް ދައްކަނީ އެ ގައުމަށެވެ.

ބޮލީވުޑް ބަތަލާއިންގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ޓެކްސް ދައްކަނީ އާލިއާ ބަޓްއެވެ. އަހަރެއްގެ މައްޗަށް 6 ކްރޯރް ރުޕީސްގެ ޓެކްސްއެއް އޭނާ ދައްކާކަމަށް ރިޕޯޓުތައް ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!