ޚަބަރު ދުނިޔެ

ޑެންގީ ހުން އިތުރު ވަނީ ދުނިޔެ ހޫނު ވުމުގެ ސަބަބުން: ޑަބްލިޔުއެޗްއޯ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަހަކަށް އައިސް ޑެންގީ ހުން އިތުރު ވަނީ، ގްލޯބަލް ވޯމިން ނުވަތަ ދުނިޔެ ހޫނުވުމުގެ ސަބަބުން ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

Ads by MWSC
Ads by Sosun Fihaara

ޑަބްލިޔުއެޓްއޯގެ "ނެގްލެކްޓެޑް ޓްރޮޕިކަލް ޑިސީސެސް"ގެ ހެޑް އޮފް ޕްރޮގްރާާމް ޑރ.ރާމަން ވެލަޔުދަން ވިދާޅުވީ މުޅި ދުނިޔޭގެ ދެބައިކުޅަ އެއްބައި މީހުންނަށް ޑެންގީ ހުން ޖެހުމުގެ ރިސްކު އޮންނަ ކަމަށާއި، 129 ޤައުމެއްގައި މި ބަލި ފެތުރޭ ކަމަށެވެ.

"ކޮންމެ އަހަރަކު ވެސް (ޑެންގީ ހުމުގެ) 100 އާއި 400 މިލިއަނާއި ދެމެދުގެ ކޭސްތައް ރިޕޯޓު ކުރާނެ ކަމަށް ލަފާ ކުރެވޭ. މިއީ ހަމައެކަނި އަންދާޒާއެއް، އެމެރިކާ ބައްރުން އެކަނި ވެސް 2.8 މިލިއަން ކޭސް ރިޕޯޓުކޮށްފައިވޭ، 101،280 މަރު ވެސް." ޑރ.ރާމަން ވިދާޅުވިއެވެ.

އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ މި ބަލި ޖެހޭ މީހުންގެ ފަރާތުން ބައެއް ފަހަރު އެއްވެސް އަލާމާތެއް ނުފެނިވެސް ހިނގައިދާނެ ކަމަށާއި، އަދި ބައެއް މީހުންނަށް ބަލީގައި ބޮޑުވަރު ވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެވަނަ ފަހަރަށް ބަލި ޖެހޭއިރު، ބައެއް މީހުންގެ ހާލު ގޯސްވެ، ސިއްހީ ފަރުވާ ދިނުމަށް އެނދުމަތި ކުރަން ވެސް ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ.ރާމަން ވިދާޅުވި ގޮތުގައި، ޑެންގީ ހުމުގެ 70 އިންސައްތަ ފެންނަނީ އޭޝިއާގެ ޤައުމުތަކުންނެވެ. އަދި ޔޫރަޕްގެ 22 ޤައުމަކުން ވެސް، މި ބަލި ޖައްސާ މަދިރި ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުގެ އިތުރުން، ދުނިޔެ ކުރިއަރައި ގޮސް، މީހުންނާއި ތަކެތި އެއްތަނުން އަނެއް ތަނަށް ބަދަލުވުމާއި، އަބަމައިޒޭޝަން އަކި ވެސް ޑެންގީ ކޭސްތައް އިތުރުވާ ސަބަބުތައް ކަމުގައި ޑަބްލިޔުއެޗްއޯއިން ފާހަގަކުރެއެވެ.

ޑެންގީ ހުމަށް ދެވޭ ވަކ ޚާއްސަ ފަރުވާއެއް ނޯވެއެވެ. މި ބައްޔަށް ފަރުވާ ކުރަން ޖެހެނީ، ބަލީގައި ޖެހޭ ހުން މަޑު ކުރުމަށާއި، އެހެން އަލާމާތްތަކަށް ފަރުވާ ދީގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!