ޚަބަރު

މިނިވަން ދުވަހުގެ ހަފްލާއަށް އިސްލާމީ މަރުކަޒު ސަރަހައްދު މިރޭ ބަންދުކުރާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން
މިނިވަން ދުވަހުގެ ރަސްމީ ހަފްލާއާ ގުޅިގެން, އިސްލާމީ މަރުކަޒު ސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ރަސްމިއްޔާތާއި ގުޅިގެން ޖުމްހޫރީ މައިދާން ސަރަހައްދުން ފެށިގެން އޯކިޑް މަގުގެ ބަޔަކާއި، ޗާންދަނީ މަގު ލިލީ މަގާ ހަމައަށް، ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް ބަންދުވާނެ ކަމަށެވެ.

Ads by STELCO

މީގެއިތުރުން އާޓް ގެލެރީން އިސްލާމީ މަރުކަޒަށް ވަންނަން ހުރި މަގުތައްވެސް ބަންދުވާނެ ކަމަށް ފުލުހުން ބުންޏެވެ.

މިނިވަން ދުވަހާއި ގުޅިގެން ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށްދާނެއެވެ. އަދި އެދުވަހު ހެނދުނު 10:00 ޖަހާއިރު މިނިވަންދުވަހުގެ ރަސްމީ ޖަލްސާ ސޯޝަލް ސެންޓަރުގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިނިވަން އުފާގެ ނަމުގައި ބާއްވާ ޝޯއެއް ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 11 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ. އަދި 27 ވަނަ ދުވަހުގެ ހަވީރު ޕެރޭޑަކާއި އެ ރޭ ފުޅަނދުބުރު އޮންނާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!