ޚަބަރު

ރައީސަށް ނޭނގުނަސް, ކަންމަތީ ފިހާރައަކަށް ދިއުމުން ތަކެތީގެ އަގު ހުރީ ބޮޑުވެފައިކަން އިނގޭ: ޢަލީ ޙުސެއިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހި ދައުލަތަށް ލިބޭ އާއްމުދަނީ އިތުރު ކުރުމަށްޓަކައި ސަރުކާރުން މިހައިތަނަށް އައު ކަމެއްކޮށްފައި ނެތް ކަމަށާއި, ދައުލަތުގެ އާއްނުދަނީ އިތުރުނުވެ, ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަލީ ޙުސެއިން ވިދާޅުވެއްޖެއެވެ.

Ads by MWSC

ދާދިފަހުން ކެންޕެއިން ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތަކެތީގެ އަގު އުފުލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ކިޔަސް, ތަކެތީގެ އަގު އުފުލިފައިނުވާ ކަމަށް ވިދާޅުވެފައެވެ.

މިކަމަށް ރައްދު ދެއްވަމުން މިނިވަން ދުވަހާ ގުޅިގެން ޖޭޕީން ރޭ ބޭއްވި ޖަލްސާގައި ޢަލީ ހުސެއިން ވިދާޅުވީ, ދިރިއުޅުމަށް ކުރާ ޚަރަދު ބޮޑުވެއްޖެކަން އާއްމު ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައި ނުގަތަސް, އަޅުގަނޑުމެންނަށް އިނގޭ ދެއްތޯ ކައިރީހުރި ކަންމަތީ ފިހާރައަށް ދިޔައީމަ, ތަކެތީގެ އަގު ހުރީ ބޮޑުވެފައިކަން" ޢަލީ ވިދާޅުވިއެވެ.

އޭނާގެ ވާހަކައިގައި އިތުރަށް ވިދާޅުވީ, ދައުލަތަށް އާއްމުދަނީ ލިބޭނެ އެއްވެސް އިތުރު ކަމެއް ނެތް މި ސަރުކާރުންކޮށްފައި ނެތް ކަމަށާއި, އާއްމު ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް, ދައުލަތުގެ އާއްމުދަނީ އިތުރުކަމަށް ދައްކަމުން އަންނަ ކަމަށެވެ.

"ދިވެހި ރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ހޯދުމަށްޓަކައި, އިޤްތިޞާދު ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި ސަރުކާރުން ކުރި އެއްވެސް ކަމެއް ނުފެނޭ." އަލީ ޞާލިޙް ވިދާޅުވީ ދުނިޔޭގެ އެއްވެސް އެބަޔަކު އެބަޔެއްގެ އަމިއްލަ މަސައްކަތުން ނޫން ގޮތަކަށް މިނިވަންކަން ދިފާއު ނުކުރާ ކަމަށާއި, މިނިވަންކަމާއި އަމިއްލަ މަސައްކަތް ގުޅިފައިވާ ކަމަށެވެ.

"އެހެން ބަޔަކަށް ބަރޯސާވެގެން, އެހެން ބަޔަކު ކުރާ މަސައްކަތުން ފައިދާ ހޯދައިގެން, އެހެން ބައެއްގެ އަތުން ތާ އަބަދު ސަލާން ޖަހައިގެން, ދަރަނި ނަގައިގެން މިނިވަންކަން ދެމެހެއްޓި އެއްވެސް ބައެއް ނެތް"

ޢަލީގެ ވާހަކައިގައި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ. އަދި ދިވެހިންގެ މިނިވަކަން ދެމެހެއްޓުމަށްޓަކައި އަމިއްލަ މަސައްކަތް ކުރަން ދިވެހިން ޒުވާނުންނަށް ކިޔައިދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!