Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ: އެޗްޕީއޭ

ހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން މިހާރު މާލޭގައި ފެތުރެމުން އަންނަ ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ ކަމަށް, ހެލްތް ޕްރޮޓެކްޝަން އެޖެންސީ, އެޗްޕީއޭ އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން މިއަދު ވިދާޅުވީ, ވަރަށް ހަލުވި ކަމާއެކު ފެތުރޭ މި ވައިރަސް އިން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮންނަން ޖެހޭ ކަމަށެވެ. މިރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް
  • ގިނަ ގިނައިން އަތް ދޮވުން
  • ހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ، ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވޭ
  •  ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުން
  • ޝޫ/ޕޭޕަރ ޓަވަލް އިން ސާފުކޮށް، ރައްކާތެރިގޮތުގައި އުކާލުމަށްފަހު، ބްލީޗް އަޅާފައި 5 މިނެޓް ބަހައްޓަވާ، އަދި އެއަށްފަހު ބްލީޗް ސާފުކުރުމަށްފަހު ސައިބޯނި/ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރައްވާ
  • ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުން
  • މީހުން ގިނަ ތަންތަނަށް ނުދިއުން

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް