ޚަބަރު

ސީއެސްސީއަށް ކުރިމަތިލި 41 ބޭފުޅުންގެ ތެރެއިން، 15 ނަމެއް ތަޅުމަށް ފޮނުވަން ފާސްކޮށްފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ސިވިލް ސާވިސް ކޮމިޝަނުގައި ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް ކަމަށް ކުރިމަތިލި 41 ބޭފުޅުންގެ ތެރެއިން 15 ނަމެއް މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

Ads by Sosun Fihaara

ތަޅުމަށް ފޮނުވަން އެ ކޮމިޓީން ނިންމީ ސީއެސްސީއަށް ކުރިމަތި ލެއްވި ބޭފުޅުންނާއި އިންޓަވިއު ކުރުމުގެ މަރުހަލާއަށްފަހު ކޮމިޓީއަށް ފެންނަ އެންމެ ރަނގަޅު 15 ބޭފުޅުންގެ ނަމެވެ.

ބުދަދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކާ ގުޅިން ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮމިޓީން މިހާ ގިނަ ބޭފުޅުންގެ ނަންތަކެއް ތަޅުމަށް ފޮނުވަން ނިންމާފައިވަނީ މިބޭފުޅުންނަކީ މިމަޤާމަށް ވަރަށް ޤާބިލް ބޭފުޅުންކަން ކޮމިޓީގެ އިންޓަރވިއު މަރުހަލާގައި މެމްބަރުންނަށް ވެސް ފާހަގަވުމުން ކަމަށެވެ.

"ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމާފައިވާ 15 ބޭފުޅުންނަކީވެސް މިކަމަށް، ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެގޮތުން އަދި ހިންގުންތެރިކަމަށް ބެލިނަމަވެސް، ވަރަށް ޤާބިލް 15 ބޭފުޅުން. އަދި މިއިން ކޮންމެ ބޭފުޅަކު ސީއެސްސީއަށް ޢައްޔަންވީ ނަމަވެސް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވާނެ ކަމަށް ޤަބޫލުކުރެވޭ." ރޮޒައިނާ ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކުރި 15 ނަން:

1- މަރިޔަމް މުނާ / މ. ބާރަނާގެ، ކ.މާލެ
2- މުޙައްމަދު ޝަރީފް / ފުސްތުޅާގެ، ގދ.ތިނަދޫ
3- އިބްރާހިމް ރަޝީދު / ބްލެކް، ރ.މީދޫ
4- މުނާ މުޙައްމަދު / ހ.ނޫރާނީފެހި
5- އަޖްވަދު ޢަލީ / ގ. ބްލޫ ވޭލް
6- މުޙައްމަދު ފަރުޞަތު / ހ.ޓޫހާޓް
7- ޢާއިޝަތު ޝާހީން / މއ. ވިލާރޮދި
8- މުޙައްމަދު ނަޞީރު / މ.ފުންފިނި
9- ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ
10- އަޙްމަދު މޫސާ / ހ. އަމްސާވިލާ
11- ރިފާހަތު ރިއްފަތު / ގ. ވެގާ2
12- އަހުމަދު ނާޞިހް / ގ. ފަލްކަންގެ
13- ރަޝީދާ ޢަލީ / ގ. ޖަނަވަރީމާގެ
14- ޝުހުދާ ރިޟްވާން / ފްލާވަރމީޑް، ސ.މީދޫ
15- މަރިޔަމް ޝެނީން / މއ. ފޮސީތިއާ

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަން ކުރެއްވި ޝަހީދު މުހައްމަދުގެ އިތުރުން މެންބަރުކަން ކުރެއްވި ޒަކަރިއްޔާ ހުސައިން އާއި އިބްރާހިމް ޝަހީގުގެ މަގާމު ހުސްވުމާ ގުޅިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!