އިންޑިއާގެ ގާތްގަނޑަކަށް 170 ސިޓީއެއްގައި އިލެކްޓްރިކް ބަހަށް 7 ބިލިއަން ޑޮލަރުގެ ޕްލޭނެއް ފާސްކޮށްފި
ޗާޖިން އާއި އެއާ ގުޅުން ހުރި އިންފްރާސްޓްރަކްޗާ ފެސިލިޓީތަކާއެކު 169 ސިޓީއެއްގައި 10،000 އިލެކްޓްރިކް ބަސް ބެހެއްޓުމަށް ގާތްގަނޑަކަށް 580 ބިލިއަން ރުޕީސް (ހަތް ބިލިއަން ޑޮލަރު) ގެ ސްކީމެއް ގެނައުމަށް އިންޑިއާއިން މިއަދު ފާސްކޮށްފި އެވެ.
އިންފޮމޭޝަން މިނިސްޓަރު އަނޫރާގް ތާކޫރު ބްރީފިންގައި ވިދާޅުވީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް މޮޑެލްގެ މައްޗަށް ބިނާކޮށް މި ސްކީމްގެ އަގުގެ 200 ބިލިއަން ރުޕީސް ފެޑެރަލް ސަރުކާރުން ހަރަދު ކުރާނެ ކަމަށެވެ.
ބާކީ ހުރި ފައިސާ އަންނާނީ ސްޓޭޓް ސަރުކާރުތަކުން ކަމެއް ނުވަތަ އަމިއްލަ ކުންފުނިތަކުން ކަމެއް އަދި ސާފެއް ނުވެ އެވެ
12 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން މުޅި ރާއްޖެއަށް 50،000 އިލެކްޓްރިކް ބަހުގެ ފްލީޓެއް ގެނައުމުގެ ޕްލޭންތައް ކުރިއަށް ގެންދަވަމުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ގެންދަވަނީ ސްޓޭޓް ސަރުކާރުތަކުގެ ޑިމާންޑް އެއްކޮށް، ކުންފުނިތަކަށް ބިޑް ކުރުމަށް ދައުވަތު ދޭ ކޮންޓްރެކްޓް ނުވަތަ ޓެންޑަރުތައް ދޫކުރައްވަމުންނެވެ.
އިންޑިއާގެ ޕަބްލިކް ޓްރާންސްޕޯޓް ފެހިކުރުމަށް ނިއު ދިއްލީއިން މާލީ އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ މީގެ ކުރިން ކޮންވެންޝަނަލް ބަސްތަކަށް ފައިސާ ދެއްކުން ލަސްކުރި ސްޓޭޓް ޓްރާންސްޕޯޓް ކޯޕަރޭޝަންތަކާ މެދު ބަސް އުފައްދާ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ހާއްސަ ފަންޑެއް އޮތުމުން ބަސް އުފައްދާ ފަރާތްތަކަށް ސެކިއުރިޓީ ލިބި، ސަރުކާރުގެ ކޮންޓްރެކްޓްތަކަށް މިނިވަންކަމާއެކު ބިޑް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެނަލިސްޓުން ބުނެ އެވެ.އިންޑިއާގެ ގާތްގަނޑަކަށް 170 ސިޓީއެއްގައި އިލެކްޓްރިކް ބަހަށް 7 ބިލިއަން ޑޮލަރުގެ ޕްލޭނެއް ފާސްކޮށްފި
ސުރުޚީގަ ބުނެފަ އޮތް ވާހަކައާ ޚަބަރުގަ އޮތް އެއްޗެއް ދިމާނުވާނެއްނު ބުރާންތިވެފަ އިނދެގެންވިއްޔަ ލިޔަނީ. އެންމެފަހުން މި ރާއްޖެއަށް ކުރާ އިންވެސްޓެއްގެ ގޮތުގަ ނިންމާލީ ދޯ؟