ދުނިޔެ

ފިރިމީހާ އޭނާ ދެކެ މާ ބޮޑަށް ލޯބިވަނީ ކަމަށް ބުނެ އަންހެނަކު ވަރިއަށް އެދިއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ އަވަށެއް ކަމަށްވާ އުއްތަރު ޕްރެދޭޝްގެ އަންހެނަކު އޭނާގެ ފިރިމީހާގެ ގާތުން ވަރިއަށް އެދިއްޖެއެވެ. މި އަންހެން މީހާ ވަރިއަށް އެދުނު ސަބަބަކީ ދެވަނަ އެހެން ސަބަބެއް ނޫނެވެ. ފިރިމީހާ އޭނާ ދެކެ މާ ބޮޑަށް ލޯބި ވާތީއެވެ.

Ads by WAMCO

ފިރިމީހާގެ ގާތުން ވަރިވުމަށް އެދި މައްސަލަ ހުށަހަޅާފައި މިވަނީ ކައިވެނި ކުރިތާ އެންމެ 18 މަސް ދުވަސް ފަހުންނެވެ. ފަނޑިޔާރުން ވެސް ވަނީ މި އަންހެން މީހާ ވަރިވުމަށް ހުށަހެޅި ސަބަބުން ހައިރާން ވެފައެވެ. އަދި ކޯޓުން ވަނީ މި އަންހެން މީހާގެ ހުށަހެޅުން ގަބޫލު ނުކުރުމަށް ނިންމާފައެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ކޯޓުން މި މައްސަލަ ބޭރު ކޮށްލުމުން އޭނާ ވަނީ އެ އަވަށުގެ ލޯކަލް ޕަންޗާޔަތަށް އެ މައްސަލަ ހުށަހަޅާފައެވެ.

މީގެ ކުރިން ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނެފައި ވަނީ އޭނާގެ ފިރިމީހާ އޭނާ ދެކެ މާ ލޯބިވާތީ އެކަންހަޖަމްކުރަން އޭނާއަށް ވަރަށް އުނދަގޫ ކަމުގައެވެ.

އަހަރެން ދެކެ އޭނާ ދުވަހަކު ވެސް ރުޅިއައިސްގެން އެއްޗެއްސެއް ނުކިޔާ. އަހަރެން ކުރާ ކަމަކުން ދުވަހަކުވެސް ހިތްހަމަ ނުޖެހިފައެއް ނެތް. އެހެންވެ އަހަރެން ހާސްވަނީ. އޭނާ އަހަރެންނަށް ކައްކައިދީ ގޭތެރޭގެ މަސައްކަތުގައި އެހީތެރިވެދީ ވެސް ހަދާއޭނާ ބުނެފައިވެއެވެ.

ކޯޓުން ވަރިވުމަށް އެހެން އެއްވެސް ސަބަބެއް އެބައޮތްތޯ އެހުމުން މި އަންހެން މީހާ ބުނެފައި ވަނީ ނެތް ކަމުގައެވެ.

އަންހެން މީހާ ވަރިއަށް އެދިފައިވާއިރު ފިރިހެން މީހާ ބުނީ އޭނާ ބޭނުން ވަނީ އޭނާގެ އަންހެނުން އަބަދުވެސް އުފަލުގައި ބަހައްޓައިދިނުމަށް ކަމަށެވެ. އަދި އެމައްސަލަ ނެގުމަށް ކޯޓުގައި އޭނާ އެދުނެވެ.

ކޯޓުން މިހާރު ވަނީ އެ ދެމީހުން އަމިއްލައަށް ވާހަކަ ދައްކައިގެން މި މައްސަލަ ހައްލުކުރަން އެދިފައެވެ

Ads by Allied Insurance
  1. ހަމީދު ލ.ފޮނަދޫ

    އިންޑިޔާގެ އަވަށެކޭ ބުނާއިރު އެއީ އެތަނުގެ ސްޓޭޓެއް . 196 މިލިޔަން ގެ އާބާދީއެއް . ބުނާގޮތުން ހީވަނީ ރާއްޖޭގެ ކުޑަ ރަށެއްގަ އޮންނަ އަވަށެއްހެން . އެ ސްޓޭޓް މިނިވަން ގައުމަކަށް ހަދައިފިނަމަ އެއީ ދުނިޔޭގެ 5 ވަނަ އާބާދީ.