Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ ފަސް އަހަރު ވަންދެން ރައީސް ޔާމީން ނޫނީ މުއިއްޒު އޮންނަވާނީ ޖަލުގައި: އިމްރާން

މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ ފަސް އަހަރު ވަންދެން ރައީސް ޔާމީން ނޫނީ މުއިއްޒު އޮންނަވާނީ ޖަލުގައި: އިމްރާން

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ، ފަސް އަހަރު ވަންދެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން، ނުވަތަ މުއިއްޒު ނަމަވެސް އޮންނަވާނީ ޖަލުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ބ. ތުޅާދޫގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، އެ ދެބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު ޖަލުގައި އޮންނަވާނެ ކަން ޓްރެކް ރިކޯޑަށް ބެލިޔަސް އެނގިގެންދާ ކަމަށެވެ.

“އެ ދެ ބޭފުޅުންގެ މާޒީ އާއި ޓްރެކް ރެކޯޑަށް ބަލާއިރު އަޅުގަނޑަށް ފެނުނީ މުއިއްޒު ވެރިކަމަށް ވަޑައިގެންފިއްޔާ، ނުވާނެ ކަންވެސް އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން. އެކަމަކުވެސް އަޅުގަނޑަށް ފެންނަނީ ވެރިކަމަށް ވަޑައިގެންފިއްޔާ މުއިއްޒު އޮންނާނީ ޖަލުގައި އެހެންނޫނީ ޔާމީން އޮންނާނީ ޖަލުގައި. ކޮންމެވެސް އެކަކު ފަސް އަހަރު ވަންދެން އޮންނާނީ ޖަލުގައި” އިމްރާން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އިމްރާން ވިދާޅުވީ ރިޔާސީ ރޭހަށް މުއިއްޒު ނިކުމެ ހުރީ ވަކި ބޭފުޅަކު ޖަލުން ސަލާމަތް ކުރައްވާށާއި ވަކި ބޭފުޅެއްގެ ސިޔާސަތެއްގެ ދަށުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް