މިފަސް އަހަރުގެ ތެރޭގައި ބޮޑެތިކުށްކުށުން މީހުން ދުރުކުރެވިފައިވާކަން ތަފާސް ހިސާބުތަކުން ފެންނަން އެބައޮތް: މާރިޔާ

މިފަސް އަހަރުގެ ތެރޭގައި ބޮޑެތިކުށްކުށުން މީހުން ދުރުކުރެވިފައިވާކަން ތަފާސް ހިސާބުތަކުން ފެންނަން އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ 2018 ގެ ކުރިން ކުށްތަކަށް މީހުން އަރައިގަނެގެން އުޅުނު މަންޒަރު މިހާރު ނުފެންނަކަމަށާއި، މިފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތިކުށްކުށުން މީހުން ދުރުކުރެވިފައިވާކަން ތަފާސް ހިސާބުތަކުން ފެންނަން އެބައޮތްކަމަށެވެ.
“އެއީ މާލެތެރެ ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ޓްރެފިކް ފުލުހުން ދަނީ ހަރަކާތްތެރިވަމުން، އެއީ ކްރައިމް ޕްރިވެންޝަންގެ އެއްބައި ވަރަށް ބޮޑަށް މަސައްކަތްތަކެއް ކުރެވިއްޖެ މިގައުމު އަމާން ކުރުމަށް" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެކަން ކުރެވިފައިވަނީ ރައްޔިތުންގެ އަމާންކަމާ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރައީސް ޞާލިޙް ގެންގުޅުއްވާ ދުރުވިސްނޭ ސިޔާސަތުތަކުގެތަކުގެ ސަބަބުން ކަމަށެވެ.







ކޮމެންޓް