Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދައުރު ހަމަވާން ކުޑަ ދުވަސްކޮޅެއް ވެފައިވަނިކޮށް ފޮނަދޫގައި ސިޔާސީ މަޤާމުތަކުގައި ތިބި ބަޔަކު ވަޒީފާއިން ވަކިކޮށްފި

ދައުރު ހަމަވާން ކުޑަ ދުވަސްކޮޅެއް ވެފައިވަނިކޮށް ފޮނަދޫގައި ސިޔާސީ މަޤާމުތަކުގައި ތިބި ބަޔަކު ވަޒީފާއިން ވަކިކޮށްފި

އިންތިޚާބަށް ކުޑަ ދުވަސްކޮޅެއް އޮއްވާ, ލ. ފޮނަދޫގައި ސިޔާސީ މަޤާމުތަކުގައި ތިބި ތިން މީހަކު މިއަދު ވަޒީފާއިން ވަކިކޮށްފިއެވެ.

މި ސަރުކާރުން ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައިވާ ތިން މީހަކު ވަކިކޮށްފައިވާއިރު, އިތުރު މީހަކު މިއަދު ވަކި ކުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މަޤާމުން ވަކިކޮށްފައިވަނީ, ފޮނަދޫ ސިއްހީ މަރުކަޒު ސީނިއާ އެޑްމިނިސްޓްރޭޓަރ ހަސަން ޚަލީލާއި, ހައުސިންގް މިނިސްޓްރީގެ ސީނިއާ އެގްޒިކްޓިވް މުޙައްމަދު ހަނީފާއި, ހެލްތް މިނިސްޓްރީގެ ސީނިއާ އެގްޒިކިޓިވް އިބްރާހީމް ސިނާޒެވެ.

Advertisement
Allied Insurance — Square (box)

އިންތިޚާބަށް ކުޑަތަންވެފައި އޮއްވާ ތިން މީހަކު ވަޒީފާއިން ވަކިކޮށްފައިވަނީ, އެ ދާއިރާގެ މަޖިލިސް މެންބަރު މުސާ ސިރާޖު އެމްޑީޕީން ވަކިވެފައި ވަނިކޮށެވެ. ސިރާޖު ނިންމަވާފައިވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒަށް ތާއީދު ކުރުމަށެވެ. އަންނަ މަހުގެ 2 ވަނަ ދުވަހު ޕީއެންސީއަށް ސިރާޖު ސޮއި ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ވަޒީފާއިން ވަކިކުރި ތިން މީހުންނަކީ ވެސް ސިރާޖަށް ތާއީދު ކުރާ ފަރާތްތައް ކަމަށް އެރަށުން ވާހަކަ ދެެއްކި މީހަކު ވަނީ މައުލޫމާތު ދީފައެވެ. އަދި ވަކިކުރި މީހުންގެ ތެރޭގައި މުސާ ސިރާޖުގެ އެއްބަނޑުއެއްބަފާ ކޮއްކޮ ހިމެނެއެވެ.

މީގެ ކުރިން ސިރާޖު ވިދާޅުވެފައިވަނީ, އެމްޑީޕީން އޭނާއެކު ޖުލްމަ 200 މީހުން ވަކިވެފައިވާ ކަމަށެވެ. މިކަން ކަށަވަރުކުރަން އިލެކްޝަނަށް "ދެން"އިން ވާނީ ހުށަހަޅާފައެވެ. ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ފޮނަދޫގައި ކެންޕެއިން ފޯރި ވަރަށް ގަދަވެފައިވާއިރު, ރައީސް ޞާލިޙްގެ ކެންޕެއިން ދަތުރެއް ލާމު އަތޮޅަށް ވަނީ ތާވަލްކުރެވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް