ޝަހީދު ޙުސައިން އާދަމްގެ ބައްޕަ ނިޔާވެއްޖެ
ނަޞްރުގެ ދުވަހުގެ ބަޠަލު، ޝަހީދު ޙުސައިން އާދަމްގެ ބައްޕަ ނިޔާވެއްޖެއެވެ.
ޝަހީދު ޙުސައިން އާދަމްގެ ބައްޕަ ނިޔާވެފައިވަނީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ.
ޝަހީދު ޙުސެއިން އާދަމަކީ 1988 ވަނަ އަހަރު ތަމަޅައިގެން ކުލީ ސިފައިން މާލެއަށް އަރައި ދިން އުދުވާނީ ޙަމަލާއިން ޤައުމު ސަލާމަތް ކުރުމަށް ހަނގުރާމަ ކުރައްވަމުންދަނިކޮށް ޝަހީދުވި ބޭކަލެކެވެ.
ޙުސައިން އާދަމްގެ ބައްޕަ ނިޔާވިއިރު، މަންމަ އަދިވެސް ދުނިޔޭގައި އެބަ އިންނެވިއެވެ. ޙުސައިން އާދަމް ޝަހީދުވިއިރު، އުމުރަކީ އެންމެ 20 އަހަރެވެ. ހދ.ކުޅުދުއްފުއްޓަށް އުފަން ޙުސެއިން އާދަމަކީ މި ޖީލުގެ ބަޠަލުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ.
Ads by Allied Insurance