މިރޭ މާލޭގައި ހަވާ އަރުވާނެ

ވެރިރަށް މާލޭގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި އެމްއެންޑީއެފުން ވިދާޅުވި، މާލޭގައި އޮންނަ އިވެންޓެއްގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން ހަވާ އަރުވަން ހަމަޖެހިފައިވަނީ މިރޭ 22:45 ހާއިރުއެވެ. މި ހަރަކާާތް އޮންނާނީ، މާލޭގެ ހުޅަނގު ދެކުނުކަންމަތި ވެމްކޯ ސައިޓްގެ ބޭރުގަައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް ތިން މިނެޓެއް ހާއިރު ކަމަށެވެ.