ޚަބަރު

އިންތިޚާބާއިމެދު މިނިވަންކަންކަމާއެކު ވިސްނައިފިނަމަ، ހަމައެކަނި ޗޮއިސް އަކީ ޤާސިމް: ޢަލީ ޙުސައިން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ރިޔާސީ އިންތިޚާބާއިމެދުގައި މިނިވަންކަމާއިއެކު ވިސްނައިލައިފިނަމަ، ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމް ނޫން އެހެން "ޗޮއިސް"އެއް ނުހުންނާނެ ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

Ads by STELCO

އ.އ ރަސްދޫގައި، ޤާސިމަށް ތާއީދު ކުރާ މީހުންނާއި ބައްދަލުކުރައްވައި ޢަލީ ޙުސައިން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ޤާސިމްގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އޭނާ އަކީ ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މިތިބީ، ޙަޤީގަތުގައި، ފަހު ބުރުގައި. ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި އަޅުގަނޑުމެން މިތިބީ، ފަހު ފުރުސަތުގައި އަޅުގަނޑުމެން މިތިބީ. އަރިއަތޮޅު މީހުން ނިންމަންވީ، އަރިއަތޮޅު މީހުން ނިންމަންވީ، ޙަޤީޤަތުގައި އަރިއަތޮޅުގެ ދަރިއެއް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިސްކުރަން ލިބޭ ފަހު ފުރުސަތަށް ވެސް، މި ފުރުސަތު ވެގެން ހިނގައިދާނެ." ޢަލީ ޙުސައިން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވޯޓުލާން ނުކުންނައިރު، ދެވަނަ ބުރަކާއިމެދުގައި ނުވިސްނައި، ވިސްނުން ބަހައްޓަންވީ ފަހު ބުރު ކަމަށް ދެކިގެން ކަމަށެވެ. އަދި މި ފަހަރުގެ ވޯޓަކީ، އެންމެ ފަހު ވޯޓު ކަމަށް ބަލައިގެން ވޯޓުލާން ނުކުމެއްޖެނަމަ، ދެން ނިންމޭނީ ޤައުމަށްޓަކައި ނިންމާ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

Ads by Allied Insurance
  1. މޮޔަމީހާ

    ކަލެއަށްވެސް މޮޔަމީހާ ކަމުފދިޔައީ؟