ރިޔާސީ ބަހުސް ފަސްކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

ދަޢުލަތުގެ މީޑިއާ(ޕީއެސްއެމް) އާއި ޤައުމީ ޔުނިވަރސިޓީ(އެމްއެންޔޫ)އިން ބާއްވަން ނިންމި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ފަސްކޮށްދިނުމަށް އެދިއްޖެއެވެ.
މި ރިޔާސީ ބަހުސް އޮންނާނީ އަންނަ ސެޕްޓެމްބަރު 01 ވަނަ ދުވަހުގެރޭ 21:00 ގައެވެ.
ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް ޞާލިޙުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ކުރިން ވިދާޅުވީއިރު، އެމްޑީޕީން ވަނީ ހަމަ އެރޭ މާލޭގައި ޖަލްސާއެއް ބާއްވަން ނިންމައިފައެވެ.
މާރިޔާ މިއަދު ވިދާޅުވީ، ދެ އިވެންޓް އެއް ތާރީޚެއްގައި އޮންނާތީ، އެ ޕާޓީން ބަހުސް ފަސް ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް ބަހުސް ފަސް ކުރަން ޑިމޮކްރެޓްސްއިން ވަނީ، ދެކޮޅު ހަދައިފައެވެ.
“އުފާވެރި މާލެ“ ގެ ނަމުގައި އެމްޑީޕީން އަންނަ މަހުގެ އެކެއްގައި ޖަލްސާ ބާއްވަން ނިންމާފައިވަނީ އެ ރޭ 20:30 ގައި ކާނިވާ ސަަރަހައްދުގައެވެ.
ފެންވަރެއްް ނެތްމީހުންް އެހެންކެންޑިޑޭޓުންނާް އެކުު ޖަވާބުދާރީނުވާނެެ އަބަދުވެސްް ދައްކާނީީ އުޒުރުު ނިކަންބަލާަ މިފަހަރުވެސްް ކިތައްއުޒުރުދައްކައިފިި މިދިޔަަ ރިޔާސީބަހުސްގަވެސްް ހިޔެއްނުވޭޭ ބައިވެރިވީހެނެއްް ހަމަަ ފެންވަރެއްނެތްކަންް އަމިއްލަޔައްް އެގޭއިރުު އަޅެފަހެެ ލަދުގެެ ކަންފުޅެއްވެސްް އިބޫގެެ ނެތީމަތަަ ވެރިކަމައްކުރިމަތިި ލާނީވެސްް
އެމްޑީޕީ އާއި ގުޅިފައި ތިބީ ހަރުކަށި އާއި މަޑުކަށި މީހުން !