ޚަބަރު

މުއިއްޒުގެ ވާހަކަތަކުން ޤަބޫލުކުރަންވީ ކޮންވާހަކައެއް ކަމެއް ނޭނގުނު: އިޔާޒް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަތަކުން ޤަބޫލުކުރަންވީ ކޮންވާހަކައެއް ކަމެއް ނޭނގުނު ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ގައުމަށް ގައްދާރުވާ މީހުންނަށް އަދަބު ދޭން ގާނޫނެއް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވުމާއި ގުޅިގެން އިޔާޒު ވިދާޅުވީ އެންމެ ފުރަތަމަަ ދުވަހުވެސް ކުރައްވާނެ ކަމަކީ ދިވެހި ރައްޔިތުންގެ ޚަޒާނާއަށް އެންމެ ބޮޑަށް ޣައްދާރުވީ ފަރާތް ކަމުގައިވާ ރައީސް ޔާމީން އަބްދުލްޤައްޔޫމް މިނިވަންކުރުން ކަމަށް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

" އެހެންވީމާ މިވާހަކަތަކުން ޤަބޫލުކުރަންވީ ކޮންވާހަކައެއް ކަމެއް ނޭނގުނު" އިޔާޒް ވިދާޅުވިއެވެ.

ރ. ދުވާފަރުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ މިހާރު ފެންނަނީ ގައުމަށް ގައްދާރުވެ މިނިވަންކަން ދޫކޮށްލަން އެއްބަސްވާތަން ކަމަށާއި މި ގައްދާރުވުމަކީ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ގައުމު ހަމަ މަގަށް އަޅުވާ ކަމަށްވާނަމަ ގައުމަށް ގައްދާރުވުން ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި އެގޮތުން ގައުމަށް ގައްދާރުވުމުގެ ކުށާއި އޭގެ އަދަބު ބަޔާންކުރާ ގާނޫނެއް ތައާރަފްކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ދޮށީބޭ

    މުޢިއްޒުދައްކާ އެއްވެސް ވާހަކައެއް އިޔާޒުބޭ ޤަބޫލުކުރާަނެކަމެއްނެތޭ! އިޔާޒުބޭގެ ޒިންމާއަކަށްވާންޖެހޭނީ ބަރާބަރަށް ފިތުނަފަސާދަ އުފެއްދުމާ ޒާތީވެގެންއުޅުން.ދެން ވަގުތެއް ލިބިއްޖެއްޔާ،ނޭވާނުލެވޭވަރަށް ކައި ފުރާލައިގެން އިނުން.އެނިމުނީ…

  2. ބިތުފަންގި

    ބަައްޕަ އަތުގަ ފައިސާ ހުރީމަ އެފައިސާގެ ބާރުގަ ސެޓްފިކެޓް ގަނެގެން އިލްމު ނެތި އިލްމުވެރިއަކަށް ވެގެން އުޅޭ މީހެއް އިޔާޒަކީ

  3. ާބޮޓެއް

  4. ވާހިދު

    ކަލެއަށް ނޭގުނިއްޔާ ރަނގަޅީވެސް

    • ތާފިގު

      ހަމަ ވަރަށް ތެދު ވާހަކައެއް އިޔާޒް އެބުނީ. ހަޖަމްކޮއްލާ. ފުރަތަމަ ދުވަހުވެސް ޖަލުން ނެރޭނީ ބޮޑު ވަގޯ. ކިހާ ދެރަކަމެއް.

  5. އެއްކަލަ މީހާ

    ޖާހިލުކަމުގެ ޑރ. ފާސް ނެންގެވީމަ ވާގޮތްތީ. މުއިއްޒު ދައްކަވާ ވާހަކަ ކަލޭ ނުޖެހެ ގަބޫލުކުރާކަށް. ކަލޭ ގަބޫލު ކުރާނީ އިބްރާހިމްބެ ދައްކާ ވާހަކަ. އޭނަ ދުވާލުގަމީ ރޭގަނޑޭ ބުންޏަސް ކަލޭ ގަބޫލު ކުރާނެ.

  6. ހާއުފާ

    ރީނދޫހުން ޖެހުނީމާ މީގެކުރިންވެސް ތިޔަހެން ދިމާވާ މީހުން އުޅޭ.

  7. 2018 ގައި އެމްޑީޕީ އާއި އިންޑިޔާ އެމްބަސީން މިރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ހޯދާދޭން ހެދި އުުކުޅަކީ ސިޔާސީ ގިނައަދަދެއްގެ މީހުން ޖަލައްވަދެ ރައީސު ޔާމީނު ސަރުކާރަށް ނަފުރަތު އުފައްދާ ރައްޔިތުން ޖަޒުބާތުގައި ޖައްސާ ގުންބޯ ހައްދާލާ، ވޯޓަށް މަކަރުހަދާ އޮޅުވާލާ، އަދާލަތު ޕާޓީގެ ދެތިން ޝޭހުން ބޯކާލާ ގުންބޯ ހައްދައިގެން އެމްޑީޕީން ހޯދި ސަރުކާރެއް !

  8. ކަނބުލޯ

    ކަލޭމެނނަށް މިހާރު ގަބޫލުކުރެވޭނޭ ސާލިހު ދައްކާވާހަކައެކަނި، ރޯނާވުން ތިއަށްކިޔާނީ މީހުން

  9. ޝޭހު ޤައުމަށް ޢައްދާރު ވުމާއި ބައިތުލް މާލުން ވައްކަން ކުރުމަކީ މުޅިން ދެކަމެއް، ޤައުމުގެ ސިޔާދަތާއި މިނިވަން ކަމާއި ޤައުމުގެ ބިމުން ބޮޑުބަޔެއް ދޫކޮށްލުމާއި ބޭރުގެ ކުލީ ސިފައިން ގެންގުޅުނަކީ ޤައުމަށް ޢައްދާރުވުން، ޔާމީނު ބައިތުލް މާލުން ނެގިކަމަށް ބުނަނީ އޭނާ ޢައްދާރުވިޔެކޭ ނުކިޔާ !

  10. ގުލްޒާރު

    އިޔާޒް އަނގަ މަޑުކޮށްގެން ބޭކާރުވަހަކަނުދައްކާ ހުރުން މާރަނގަޅު. ވރަށް ސަލާމް

  11. އޭބަލަ ސިޔާސީ ސޭކާ.ކަލޭ ދައްކާވާހަކަވެސް އަހަރުމެން ގަބޫލެއް ނުކުރަން.