Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހުޅުމާލެއާއި މާލެއާއި ދެމެދުގެ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

ހުޅުމާލެއާއި މާލެއާއި ދެމެދުގެ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ހުޅުމާލެއާއި މާލެއާއި ދެމެދު ދެމުން އަންނަ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

ެއެމްޓީސީސީން ބުނީ މާލެއާއި ހުޅުމާލެއާއި ދެމެދު ވެސްޓް ޕާކް ރޫޓުން ދަތުރުކުރާ ބަހުގެ ހިދުމަތް މާދަމާއިން ފެށިގެން 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ އެކި އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދަންވަރު ޑިއުޓީ ކުރާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށާއި ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމުން ކޮންމެ ފަހަރަކު ބޮޑު އަގުދީގެން ޓެކްސީގައި ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަވާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. ދަންވަރު 00:00 އަދި 00:15 ގައި އޮންނަ ދަތުރަށް ފަހު ފަތިހު 05:15 ވަންދެން ކޮންމެ އެއް ގަޑިއިރަކުން ބަސް ދަތުރެއް އޮންނާނެއެވެ. އަދި ފަތިހު 05:45 ގައި ވެސް ބަސް ދަތުރު ކުރާނެ އެވެ. މީގެ ކުރިން ރޭގަނޑުގެ ފަހު ދަތުރު ކުރަނީ 0:15 ގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް