ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބުމުން އައްޑޫއިން މަރުޙަބާ ކިޔައިފި

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ސަރުކާރުން ދިނުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން މަރުހަބާ ކިޔައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ ސިޓީއެއްގެ ދަރަޖަ ލިބުމަކީ ތިނަދޫގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ލިބި، ރައްޔިތުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބުމަށް އެޅިގެންދިޔަ މުހިންމު ބިންގަލެއް ކަމަށް ދެކޭ ކަމަށެވެ.
"އަދި މި މުނާސަބަތުގައި ތިނަދޫ ސިޓީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުންގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ." ބަޔާނުގައިވެއެވެ.
ހުވަދު އަތޮޅުގެ ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައި ފާހަގަކޮށްލެވޭ ތިނަދުއަކީ ރާއްޖޭގެ ފަސް ވަނަ ސިޓީއެވެ.
އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނީ ރައީސް އިއްޔެ ސޮއިކުރެއްވި ޤަރާރަކުންނެވެ.
އޭގައި ބުނެފައި ވަނީ ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަންޖެހޭ ޝަރުތުތައް ތިނަދޫގައި ފުރިހަމަވެފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވާ ކަމަށެވެ.
މިހާރު ރާއްޖޭގެ ސިޓީތަކަކީ ވެރިރަށް މާލެ އާއި އައްޑު އާއި ފުވައްމުލަޖުގެ އިތުރުން ކުޅުދުއްފުއްޓެވެ.
އައްޑު އަތޮޅު ތެރެއިން ސިޓީއެއްގެ ދަރަޖަ އެންމެ ފުރަތަމަ ލިބުނު ތަނެވެ.
ސިޓީއެއްގެ ދަރަޖަ ތިހާ އަވަހަށް ތހިދިނީ ޑރ މުއިއްޒު ތިނަދޫ ސިޓީއަކަށް ހަދާނެ ވާހަކަ ވިދާޅު ވުމުން ޗޯރޭ