ޚަބަރު

މިއީ، މި އިންތިޚާބުގައި އެންމެ ރީތިކޮށް ކުލަ ޖައްސައިލެވޭނެ މަންޒަރު: އާދަމް ޝަރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަގަހަ "ދިވެހީންގެ ޖަގަހަ"އަށް ވަޑައިގަތުމަކީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ ރީތިކޮށް ކުލަ ޖައްސައިލެވޭނެ މަންޒަރު ކަމަށް ޕީއެންސީގެ ނައިބު ރައީީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by MWSC

މެޑަމް ފާތުންގެ އަރިހުގައި މުއިއްޒުގެ އަނބިކަނބަލުންނާއި މުއިއްޒުގެ ރަނިންމޭޓް، ހުސައިން މުހައްމަދު ލަތީފުގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަޕޯޓަރުންގެ ޖޯޝާއި ފޯރި ފެނިވަޑައިގަތުމުން، މެޑަމް ފާތުން އަށް ކީރިތި ކުރެއްވުނު މި ހަފްލާގައި އާދަމް ޝަރީފު ވަނީ އާލާސްކަންފުޅާ އުޅުއްވަމުން ވެސް، މެޑަމް ފާތުން އެ ޖަގަހައަށް ހިންގަވާފައި ވަޑައިގަތުމުން، އެތައްހާސް ވާހަކައެއް ބުނެދޭ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ކަމަނާއަށް ޝުކުރުގެ ގޮތުން ދަންނަވާނެ ބަސްތައް މަދު، ހަމައެކަނި ދަންނަވާނީ، ވަރަށް ބޮޑަށް ޝުކުރިއްޔާއޭ."

މެޑަމް ފާތުން އަކީ ރައީސް ޔާމީންގެ ވެރިކަމުގައި އިޖްތިމާއީ މަސައްކަތްތަކުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ފަސްޓްލޭޑީއެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވެގެން ދިޔަ ފަހުން، އެކަމަނާ ސިޔާސީ ހަރަކާާތްތަކުން ފެނިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!